Fri, 29 May, 2020, 7:01 pm
ވިޔަފާރި ދަށްވި ނަމަވެސް ހަރަދު ކުޑަކޮށް، އެސްޓީއޯގެ ފައިދާ 25 ޕަސެންޓް މައްޗަށް
6

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯގެ ހިންގާ ހަރަދަށް ކުރިން ކުރި ގިނަ ހަރަދު ކުޑަކޮށްލުމާއެކު، ސާފު ފައިދާ 25 ޕަސެންޓް އިތުރު ވެއްޖެއެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯގެ ތިންވަނަ ކްއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 76.6 މިލިއަން ރުފިޔާއެވެ.

ނަމަވެސް ތިންވަނަ ކްއާޓަރުގައި ސާފު ފައިދާ ވަނީ 95 މިލިއަން ރުފިޔާއަށް އިތުރުކޮށް، 25 ޕަސެންޓް މަތި ކޮށްފައެވެ.

އެސްޓީއާގެ ދެވަނަ ކްއާޓަރުގައި ލިބުނީ 2.3 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް އެ ކުންފުނިން ތިން ވަނަ ކްއާޓަރުގައި އާމްދަނީގެ ގޮތުގައ ލިބުނީ 2.2 ބިލިއަން ރުފިޔާއެވެ.

އެސްޓީއޯގެ މާލީ ރިޕޯޓާ ބެހޭ ގޮތުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ، ތިން ވަނަ ކުއާޓަރުގައި އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ އެކުންފުނިން ވިއްކާ ތެލުގެ އަގު ދަށްކުރުމުން ތެލުގެ ވިޔަފާރިން ލިބުނު ފައިދާ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ދަށްވުމުންނެވެ.

ނަމަވެސް މިދިޔަ ކުއާޓަރުގައި ކުންފުނީގެ ހިންގުމުގެ ހަރަދު 12 މިލިއަން ރުފިޔާ ކުޑަކުރެވިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެ ކުންފުނީގެ އާމްދަނީ މި ކުއާޓަރުގައި އިތުރުވިއިރު، މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށް މިފްކޯއަށް މި އަހަރުގެ މިހާތަނަށް 150 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވެސް ވަނީ ހަރަދުކޮށްފައެވެ.

Leave a comment

Your email address will not be published.