Wed, 3 June, 2020, 4:57 pm
ފުވައްމުލަކުން ފުލުހަކަށް މަރުގެ އިންޒާރު ދިން ތިން މީހަކު ހައްޔަރުކޮށްފި
3

ފުވައްމުލަކުގައި މަސައްކަތްކުރާ ފުލުހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި އެ ސިޓީން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރީ 19 އަހަރާއި 25 އަހަރު އަދި 31 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ. ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ތިން މީހުން މަރުގެ އިންޒާރު ދީފައިވަނީ ފުވައްމުލަކު ޕޮލިސް ޑިޕާޓްމަންޓުގެ އިންޓެލިޖެންސް ގައި މަސައްކަތްކުރާ ފުލުހަކަށެވެ.

މަރުގެ އިންޒާރު ދިން މައްސަލައެއްގައި ފުވައްމުލަކުން ތިން މީހަކު ހައްޔަރުކުރިއިރު، ސޯޝަލް މީޑިއާގައި މީހުންނަށް މަރުގެ އިންޒާރު ދެމުންދިޔަ ކަމަށް ބުނެ މިދިޔަ ހޮނިހިރު ދުވަހު ވެސް ފުވައްމުލަކުން ވަނީ ޒުވާނަކު ހައްޔަރުކޮށްފައެވެ.

އުމުރުން 19 އަހަރުގެ އަލީ ރަވާއު ނަމަކަށް ކިޔާ އެ ޒުވާނާ ހައްޔަރުކުރީ ފުލުހުން ބުނާގޮތުގައި، ސޯޝަލް މީޑިއާގައި މީހުންނަށް މަރުގެ އިންޒާރުދިނުމުގެ އިތުރުން މުޖުތަމައުގައި ބިރުވެރިކަން އުފެދޭގޮތަށް އަނިޔާވެރިކަމަށް ހިތްވަރު ދެމުންދާ މައްސަލައެއްގައެވެ.

ރަވާއު ހައްޔަރުކުރީ ފުޓްބޯޅަ ދަނޑެއްގައި ފުޓްބޯޅަ ކުޅެން ހުއްޓައި، ކޯޓު އަމުރެއްގެ ދަށުންނެވެ.

Leave a comment

Your email address will not be published.