މުޙައްމަދު އިބްރާހިމް
30 October 2019
މަޤްބޫލު ޙަބަރު

މާލޭ ސިޓީ ކައުންސިލުން ކޮރަޕްޝަންގެ ތެރެއިން ބައެއް މަސައްކަތްތައް ހަވާލުކޮށްފައިވާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޮމިޝަނުން މާލޭ ސިޓީ ކައުންސިލަށް ވަދެއްޖެއެވެ.

އޭސީސީއަށް ހުށަހަޅާފައި ވަނީ ލޮނުޒިޔާރަތް ކޮޅުގައި އަޑިޕާކް ތަރައްގީކުރުމަށް މާލޭ ސިޓީ ކައުންސިލުން މިހާރު ހިންގަމުންދާ މަޝްރޫއުގެ ތެރެއިން ބިޑަށް ނުލައި އެތަނުގައި އިމާރާތްތަކެއް ހެދުމުގެ މަސައްކަތް ކުރަން ފެށި މައްސަލައެވެ.

އަދި އެ ޖަރީމާ ފޮރުވުމަށް ލިޔެކިޔުމަށް މިހާރު ބަދަލު ގެންނަމުންދާ ކަމަށް އެ ކައުންސިލްގެ ބައެއް މެމްބަރުން ވަނީ ތުހުމަތު ކޮށްފައެވެ.

އޭސީސީގެ މީޑިއާގެ އޮފިޝަލު މީޑިއާތަކަށް ވިދާޅުވީ، މި މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި ސިޓީ ކައުންސިލްގައި އެ ކޮމިޝަންގެ ތަހުގީގު ޓީމެއް ހަރަކާތްތެރިވަމުން އަންނަ ކަމަށް އޮފިޝަލު ވިދާޅުވެފައިވެއެވެ.

އަދި ވިދާޅުވީ އޭސީސީން މާލޭ ސިޓީ ކައުންސިލަށް ވަނީ، ލޮނުޒިޔާރަތް ކޮޅުގައި އަޑިޕާކް ތަރައްގީ ކުރަމުން އަންނަ ޕާކުގެ މައްސަލައިގައި ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ މި މައްސަލަތައް ފަޅާއަރުވާލި، އެ ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަޒީން ވިދާޅުވި ގޮތުގައި، އެ ޕާކްގައި ފާހާނާ ބަރިއެއް ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރަން ކައުންސިލްގެ ބިޑް ކޮމެޓީއަށް ހުށަހެޅިއިރުވެސް އެ މަސައްކަތް އަމިން ކޮންސްޓްްރަކްޝަނުން ކުރަމުންދިޔަ ކަމަށެވެ.

މާލިއްޔަތު ގަވާއިދު ބުނާގޮތުން، 35،000 ރުފިޔާއަށް ވުރެ ބޮޑު މަސައްކަތެއް ކުރާ ނަމަ ބަޔަކު ހޯދަން ޖެހެނީ އާއްމުކޮށް އިއުލާން ކޮށްގެން ވާދަވެރި މާހައުލެއްގެ ތެރެއިންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©