މުޙައްމަދު އިބްރާހިމް
30 October 2019
މަޤްބޫލު ޙަބަރު

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރަށް އައްޔަން ކުރުމުގައި ރުހުން ދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ދެންމެ ނެރެފިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މިއަދުގެ ބައްދަލުވުމަށް 50 މެމްބަރުން ހާޒިރުވެ ވަޑައިގެންނެވިއިރު، ވޯޓަށް ފުރަތަމަ އެހީ ވެސް މަހާޒްގެ ނަމަށެވެ.

އަދި އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް 32 މެމްބަރުން ވޯޓު ދެއްވައި، މަހާޒްގެ ނަން ފާސްވުމާ ގުޅިގެން އިތުރު ނަމަކަށް ވޯޓަކަށް ނާހައެވެ.

މަހާޒްއާ އެކު ރައްޔިތުންގެ މަޖިލިހަށް ދެން ފޮނުވީ، ކުރީގެ ބަންޑާރަ ނައިބު އަދި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދުގެ ނަމެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މީހަކު އައްޔަން ކުރަނީ، ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ހުންނެވި ފަނޑިޔާރު އަބްދުﷲ ދީދީ އެ މަގާމުން ވަކިކުރުމާ ގުޅިގެން އެ މަގާމު ހުސްވެފައިވާތީއެވެ.

Leave a Reply

Your email address will not be published.

haftha.mv ©