މުޙައްމަދު އިބްރާހިމް
30 October 2019
މަޤްބޫލު ޙަބަރު

ސްޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް ގދ.މަޑަވެލި، މޭނާ، މަޙާޒު ޢަލީ ޒާހިރުއަށް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް މަހާޒް، އައްޔަން ކުރުމަށް ފާސް ކުރީ ޖަލްސާގައި ތިއްބެވި 64 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓް ދެއްވައި ގެންނެވެ.

ހާޒު އާއިއެކު ތަޅުމަށް ކުރީގެ ބަންޑާރަ ނައިބް އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދުގެ ނަންފުޅުވެސް މަޖިލީހަށް ހުށަހަޅާފައިވެއެވެ. ނަމަވެސް މަޖިލިސް ޤަވާއިދު ހަމަޖެހިފައިވާގޮތުން ފުރަތަމަ ވޯޓަށް އަހާ ފަރާތަށް މެމްބަރުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ އިތުރުބޭފުޅަކަށް ވޯޓަށް އަހާކަށް ނުޖެހޭނެއެވެ.

މަހާޒްގެ ނަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުގެ ގޮތުން، އޭނާއަށް ރުހުން ދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރުނެވެ. އެގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ 50 މެމްބަރުން ހާޒިރުވެ ވަޑައިގެންނެވި ބައްދަލުވުމުގައި، މަހާޒަށް ރުހުން ދޭން ފެންނަ ކަމަށް 32 މެމްބަރުން ވޯޓު ދެއްވިއެވެ.

އެ ބައްދަލުވުމުގައި ފުރަތަމަ ވޯޓަށް އެހީ ވެސް މަހާޒްގެ ނަމަށެވެ. އަދި އޭނާގެ ނަން ފާސްވުމާ ގުޅިގެން އިތުރު ނަމަކަށް ވޯޓަކަށް ނާހައެވެ.

މަހާޒްއާ އެކު ރައްޔިތުންގެ މަޖިލިހަށް ދެން ފޮނުވީ، ކުރީގެ ބަންޑާރަ ނައިބު އަދި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދުގެ ނަމެވެ.

Leave a Reply

Your email address will not be published.

haftha.mv ©