Sat, 6 June, 2020, 3:15 pm
”ފުދުންތެރިކަމަށް ދިވެހިންގެ އަތްމައްޗަށް ގިނަ މަސައްކަތްތަކެއް ގެންނަންޖެހޭ”
2

ގައުމުގެ ފުދުންތެރިކަން އިތުރުކުރަން ދިވެހިންގެ އަތްމައްޗަށް ގިނަ މަސައްކަތްތަކެއް ގެންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ، ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދުމުގެ ޕްރޮގްރާމުގެ ފެށުން ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ހަފްލާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ގައުމުގެ ކުރިއެރުމާއި ތަރައްގީގައި ކޮންމެ މީހެއްގެ ހިއްސާ ވެސް މުހިންމު ކަމަށް ދަނެގެން އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރަންޖެހޭ ކަމަށެވެ.

އެގޮތުން ކޮންމެ މީހަކީ ވެސް ދިރިއުޅުމަށްޓަކައި މަސައްކަތެއް ކޮށްގެން އާމްދަނީއެއް ހޯދާ މީހަކަށް ވުމުގެ މުހިންމުކަން ފާހަގަކޮށް ނައިބް ރައީސް ވިދާޅުވީ، ގައުމުގެ މުސްތަގުބަލު އުޖާލާކޮށް ފުދުންތެރިކަން އިތުރުކޮށް ތަރައްގީއަށް ވާސިލުވުމަށް ދިވެހިންގެ އަތްމައްޗަށް ގިނަ މަސައްކަތްތަކެއް ގެންނަންޖެހޭ ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ސިއްހީ ދާއިރާގައި މަސައްކަތް ކުރުމުގައާއި ބަލިމީހުންނަށް ފަރުވާ ދިނުމުގައި ހިތްހެޔޮކަމާއި އޯގާތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމަކީ ސިއްހީ ހިދުމަތުގެ މުހިންމު އަސާސެއް ކަމަށެވެ. އަދި ރަށު ފެންވަރުގެ ސިއްހީ ހިދުމަތް ތަރައްގީކުރުމަށް މީގެ ކުރިން ނުކުރާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރަމުންގެންދާކަން ނައިބް ރައީސް ފާހަގަކުރެއްވިއެވެ.

Leave a comment

Your email address will not be published.