މުޙައްމަދު އިބްރާހިމް
30 October 2019
މަޤްބޫލު ޙަބަރު

އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހިގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހުއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، ޑިޒައިން ބިލްޑް އުސޫލުން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 69 މިލިއަން ރުފިޔާއަށް ކަމަށެވެ. އެއީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ބަނދަރު އަދި ނެރު ފުންކުރުމުގެ އިތުރުން 97 މީޓަރު ޝީޓް ޕައިލް ކީވޯލް ކުރާނެއެވެ.

ހުޅުމީދޫ ބަނދަރަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަދަން ފަށައި، ރައީސް ވަހީދު ވެރިކަމުގައި ނިންމާލި ބަނދަރެކެވެ.

އެ ބަނދަރު ތަރައްގީ ކުރުމަށް 90 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގައި މެމްބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©