.
31 October 2019
މަޤްބޫލު ޙަބަރު

ދެކުނުގެ ހަތަރު އަތޮޅުތަކުގެ ކައުންސިލަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ “ދެކުނު މަހާސިންތާ 2019”  ފަށައިފިއެވެ.

އެއްދުވަހުގެ މުއްދަތަށް ގދ ދިނަދޫގައި ކުރިއަށް ގެންދާ މި މަހާސިންތާ ގައި ގދ އަތޮޅުގެ އިތުރުން ގއ އަތޮޅާއި ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގެ ކައުންސިލަރުން ބައިވެރިވާ މި މަހާސިންތާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ސެޝަނަކަށް ބަހާލައިގެންނެވެ.

މި މަހާސިންތާގައި ކައުންސިލްތަކުން ތަފާތު އެކި ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާއިރު،  ކައުންސިލްތަކުން ހުށަހަޅާ ވަކިވަކި ކަރުދާސްތަކާއި މެދު ވެސް މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަހާސިންތާ ފައްޓަވައިދެއްވީ ހުވަދު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

Leave a Reply

Your email address will not be published.

haftha.mv ©