މުޙައްމަދު އިބްރާހިމް
01 November 2019
މަޤްބޫލު ޙަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، 2020 ވަނަ އަހަރުގެ ދައުލަތުގެ އަހަރީ ބަޖެޓު، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އަދަދު ގާތްގަނޑަކަށް 40 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

އެގޮތުން 2020 އަހަރުގެ ބަޖެޓު އަންދާޒާކޮށް ފެނޭންސް މިނިސްޓްރީން އާންމުކުރި “2020-2022 ފިސްކަލް ސްޓްރެޓެޖީ” ދައްކާގޮތުން، އަންނަ އަހަރުގެ ޖުމުލަ ބަޖެޓު ހުންނާނެ ކަމަށް ލަފާ ކުރެވެނީ 39.55 ބިލިއަން ރުފިޔާގައެވެ.

މީގެެ ތެރެއިން ޖުމުލަ ހަރަދަކީ 37 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން އަންނަ އަހަރު އަލަށް ތައާރަފުކުރާ ސިޔާސަތުތައް ނުވަތަ އަލަށް ފަށާ މަޝްރޫއުތަކާއި ރިކަރަންޓް ޕްރޮގްރާމްތަކަށް 5.5 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސުން ލަފާކުރެއެވެ.

އަންނަ އަހަރު 40 ބިލިއަން ރުފިޔާގެ ބަޖެޓެއް އަންދާޒާކުރިއިރު، މިއަހަރުގެ ބަޖެޓަކީ 30 ބިލިއަން ރުފިޔާއެވެ. މި ބަޖެޓުގެ އިތުރުން މި ސަރުކާރުން ވަނީ 1.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށް ބޮޑުބައި ބޭނުންކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©