Sat, 6 June, 2020, 4:20 pm
Former president of the Maldives Mohamed Nasheed (C) is embraced by Jumhoory Party (JP) leader Qasim Ibrahim (L) as president-elect Ibrahim Mohamed Solih (R) looks on after Nasheed returned from exile to the Maldives, in Male on November 1, 2018. - Former Maldives president Mohamed Nasheed returned home from exile on November 1, two days after the country's Supreme Court withdrew a warrant for his arrest. Nasheed, who had been jailed for 13 years on a controversial terrorism charge, was welcomed at Male airport by president-elect Ibrahim Mohamed Solih and hundreds of supporters. (Photo by Ahmed SHURAU / AFP) (Photo credit should read AHMED SHURAU/AFP via Getty Images)
ނަޝީދަށް ފާޑުކިޔަންޖެހެނީ ދިވެހިންނާ ބީރައްޓެހި ވާހަކަދައްކާތީ : ޖޭޕީ 
5

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދަށް ފާޑުކިޔަންޖެހެނީ އެކިއެކި ކަންކަމުގައި ގެންގުޅުއްވާ ދިވެހިންނާ ބީރައްޓެހި އަދި ގައުމީ އަދި ދީނީ އެއްބައިވަންތަކަން ގެއްލޭ މިންވަރަށް ދައްކަވާ ވާހަކަފުޅާ އަމަލުފުޅުތަކުގެ ސަބަބުން ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީޕާޓީން ބުނެފިއެވެ.

އެމްޑީޕީއަށް ފާޑު ކިޔާނަމަ ސަރުކާރު ކޯލިޝަނުން ޖުމްހޫރީޕާޓީ ބޭރުވާންޖެހޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެން ޖުމްހޫރީޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޯލިޝަންގައި އޮތް ނަމަވެސް އިސްލާމްދީނާ، ގައުމާއި ރައްޔިތުންނަށް ގެއްލުމެއް ކުރާނަމަ އެކަމާ ދެކޮޅަށް ޖުމްހޫރީ ޕާޓީން ވާހަކަ ދައްކައި އަދި ކަންކަން އިސްލާހު ކުރަން ބާރު އަޅާނެކަމަށެވެ.

ޖޭޕީން ބުނީ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ސަރުކާރު ދެމެހެއްޓުމަށް އެ ޕާޓީން ބުރަކޮށް މަސައްކަތް ކުރާ ކަމަށާއި، އަދި ޕާޓީތަކުން ކޯލިޝަނެއް ހެދީ ޚިޔާލު ތަފާތުވާން ޖެހޭ ކަންކަމުގައި ޚިޔާލު ތަފާތުވެ މަޝްވަރާގެ އުސޫލުން ޚިޔާލުތައް އެއްގޮތްކުރާ ލީޑާޝިޕެއް ދަމަހައްޓަން ކަމަށްވެސް ޖޭޕީން ބުންޏެވެ.

“މިހާތަނަށް ޖުމްހޫރީ ޕާޓީން ސަރުކާރާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެއްވެސް މިންވަރަކަށް ފާޑުކިޔާފައިނުވާނެ. އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް.” ޖޭޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

Leave a comment

Your email address will not be published.