.
02 November 2019
މަޤްބޫލު ޙަބަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީ އަށް ވަޑައިގެންފި އެވެ.

މުޅި ރާއްޖެއިން ވެސް އެންމެ ބޮޑު ތަރުހީބެއް ރައީސް ނަޝީދަށް އޮންނަ އައްޑޫސިޓީއަށް އެމަނިކުފާނު މިއަދު ވަޑައިގެންނެވުމުން ހިތަދޫ ބަނދަރު ސަރަހައްދުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގޮސްފައިވަނީ މަދު ބައެއްކަން ފާހަގަކޮށްލެވެއެވެ.

މި ދަތުރުފުޅުގައި އައްޑޫ އަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެމްބަރުންނާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. އެ ފަރާތްތަކަށް ބަނދަރު ސަރަހައްދުން މަރުހަބާ ދެންނެވީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

ރައީސް ނަޝީދު އައްޑޫ އަށް ވަޑައިގެންފައިމިވަނީ ގދ. އަތޮޅާއި ގއ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހުއެވެ.  އެއަށްފަހު އިއްޔެ އެމަނިކުފާނު ވަނީ ފުވައްމުލަކަށް ވެސް ވަޑައިގެންފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©