Wed, 3 June, 2020, 6:16 pm
ޝަހިންދާ އާއި އަޒްރާ ތަހުގީގަށް ރާއްޖެ އައުމަށް އުޒުރުވެރިވެއްޖެ
9

އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލައިގެ ތަހުގީގަށް އެ ޖަމިއްޔާގެ ފައުންޑަރު ޝަހިންދާ އިސްމާއިލް އާއި އަޒްރާ ނަސީމް ރާއްޖެ އަންނަން އުޒުރުވެރިވާ ކަމަށް ފުލުހުންނަށް އަންގައިފިއެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ޝަހިންދާ އާއި އަޒްރާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ފޮނުވި ޗިޓާ އެމީހުން ހަވާލުވެފައިވާ ކަމަށް މިދިޔަ މަހުެ 24 ވަނަ ދުވަހު، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވެފައެވެ.

އަޒްރާ އާއި ޝަހިންދާއަށް ފުލުހަށް ފޮނުވި ޗިޓުގައި އަންގާފައިވަނީ 14 ދުވަސް ތެރޭގައި ތަހުގީގަށް ހާޒިރުވުމަށެވެ.

ފުލުހުން މިއަދު ބުނީ، ޝަހިންދާ އާއި އަޒްރާއަށް ތަހުގީގަށް ހާޒިރުވުމަށް ޗިޓް ކިޔުމުން ސަލާމަތީ ސަބަބު ތަކައްޓާކައި ރައްކާތެރި މާހައުލެއް ލިބޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ފާހަގަކޮށް ރާއްޖެ އައުމަށް އުޒުވެރިވާ ކަމަށް އަންގާފައިވާ ކަމަށެވެ.

Leave a comment

Your email address will not be published.