.
03 November 2019
މަޤްބޫލު ޙަބަރު

ސަރުކާރު ގެންނަން މަސައްކަތް ކުރި ފަރާތްތަކަށް އޭގެ ހައްގު ފައިދާ ލިބެންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ފޭދޫ ރައްޔިތުންނާއި އެމްޑީޕީ ހަރުގޭގައި ބައްދަލުކޮށް ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދަމަހައްޓަން މަސައްކަތް ކުރި ބައެއް މީހުން ސަރުކާރު ބަދަލުވުމުން އަލަށް އުފެދުނު ކޯލިޝަން ސަރުކާރުގެ ޕާޓީއަކަށް ވަދެ މަގާމުތަށް ދިފާއުކުރަމުންދާ ކަމަށެވެ.

އަދި ރައީސް ނަޝީދުވަނީ ސަރުކާރު ގެންނަން މަސައްކަތް ކުރި ފަރާތްތަކަށް އޭގެ ހައްގު ފައިދާ ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

“ސަރުކާރު ބަދަލުވީމާ އޭނާ އަކީ ޖުމްހޫރީ ޕާޓީ މީހަކަށް ނުވަތަ އަދާލަތު ޕާޓީގެ މީހަކަށް ހެދިލައިގެން، އޭނާ ކުރީގައި ވެސް ހުރި މަގާމުގައި، އޭނާ ދެމިހުންނަކަން އެއީ ހަގީގަތުގައި އަޅުގަނޑު ދެކޭ ގޮތުގައި، އަޅުގަނޑުމެން އުފެއްދި އެއްބައިވަންތަކަމުގެ ސަރުކާރުގެ އާންމު އަސާސީ ހަމަތަކާ ހިލާފު ކަމެއް” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގައި ތިއްބެވި ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންތަކެއް ވަނީ ސަރުކާރު ކޯލިޝަނުގައި އޮތް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދަޅުވަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©