• Mon, 13 July, 2020, 1:28 pm

    3ނޮވެމްބަރުގެ އުދުވާނީ ހަމަލާ ހިގަމުންދިޔަވަގުތު އަތޮޅުތެރޭގެ ހާލަތު

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    1988ގެ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހުގެ ނުރައްކާތެރި އުދުވާނީ ހަމަލާ ހިގަމުން ދިޔަވަގުތަކީ އަތޮޅުތެރޭގެ ރައްޔިތުންނަށް ލިބުނު ކުއްލިހައިރާންކަމާއި ބިރުވެރިކަން ވަކި ކުޑައެއްނޫނެވެ.އެރައްޔިތުންނަށް ތަފާތު ކަންކަމާއި ގުޅޭ މައުލޫމާތު ލިބެމުންދިޔަ ހަމައެކަނި ވަސީލަތްކަމުގައިވާ ދިވެހިރާއްޖޭގެ އަޑުގެ ޚަބަރެއް ނުލިބެއެވެ.ނަމަވެސް ނަމަވެސް އެދުވަހުގެ އިރުއަރާ އިރުކޮޅެއްގެ ތެރޭގައި ތަފާތު ގޮތްގޮތުން އެއްއަތޮޅުން އަނެއްއަތޮޅަށް އަންގަމުންގޮސް ވެގެން އުޅޭ ގޮތް ކޮންމެވެސް ވަރަކަށް ސާފްވިއެވެ.ރޭޑީއޯ ޓެލެފޯނުންނާއި،ވޯކީޓޯކީންނެވެ.އަދި ބައެއްރައްރަށުގެ މީސްމީހުން ބީބީސީ ރޭޑިއޯ ފަދަ ދުނިޔޭގެ ޚަބަރުފަތުރާ ވަސޯލަތްތަކުން އަހައިގެން އެއްކުރި މައުލޫމާތުންނެވެ.

    އެބައިމީހުންނަށް ލިބުނު މިނުރައްކާތެރި ކުއްލިޚަބަރާއި ގުޅިގެން އަވަސްވެގަތީ ސަލާމަތީ ފިޔަވަޅުތަށް އަޅަ އެ ނުރައްކާތެރި ކަމުން ސަލާމަތްކުރެވޭތޯ ﷲ ގެ ހަޒްރަތަށް ދުއާދެންނެވުމަށެވެ.

    ބައެއްއަތޮޅުތަކުގައި އަތޮޅުއޮފީސްތަކުން މިކަމުގެ ޚަބަރުތަށް އޮޅުންފިލުވައިދީ މިނުރައްކާތެރި ދަނޑިވަޅުގައި ކާބޯތަކެއްޗާއި،ތެލުގެ ދަތިކަމަށް އަރައިދާނެ ދަތިތަށް ރައްޔިތުންނަށް ވިސްނައިދީ އޮފީހުގެ ކޮންޓްރޯލްގެ ދަށަށް އެތަކެތި ގެނެވި ހެޔޮދުއާކުރުންމަތީ ދެމިތިއްބެވެ.

    އަނެއްބައި އަތޮޅުތަކުގައި އުދުވާނީ ހަމަލާގެ ޚަބަރު ހަމަލިބުނުހިދުންފެށިގެން މިކަމުންސަލަމަތްކޮށްދެއްވުމަށް ﷲ ގެ ހަޟްރަތަށް ދުއާކުރަންފެށުނެވެ.މިސްކިތްތަކަށް ރައްޔިތުންއެއްވެ ނަމާދުކޮށް ހެޔޮތަކެތި ކިޔައި އުޅުނެވެ.

    ބީބީސީގެ ޚަބަރުތަށް އެހުމަށާއި އެޚަބަރުތަށް ގަބޫލުކޮށްގެން އެކަންއާންމުކުރުމަށް ނޭގިނަމަވެސް ރާއްޖެތެރޭގެ ބަޔަކުމީހުންހިތުގައި ޝައުގުވެރިކަން އުފެދުނުކަމަށް ވެއެވެ.އެހެންކަމުން މިއުދުވާނީ ހަމަލާގެ ކަބަރުތަށް ބީބީސީން ކިޔާގޮތަށް އާންމުވުންހުއްޓުވުމަށްޓަކައި މަސައްކަތް ކުރެވުނެވެ.

    މުޅިރާއްޖެ އެދުވަހު ހުރީ ރޭޑިއޯ ތެލެފޯނުގެ ޒަރީއާއިން ގުޅިފައެވެ.ރޭޑިއީޓެލެފޯނުންއަތޮޅުތަށް ގުޅި އެއްއަތޮޅު އަނެއްއަތޮޅަށް ތަމަޅަބާޣީންގެ ޚަބަރުތަށް ފޮނުވަމުންގެންދިޔައެވެ.މިކަމުގައި އެންމެބޮޑަށް ހަރަކާތްތެރިވި އެއްބޭފުޅަކީ ސައިކުރާ އިބްރާހީމް ނައީމްކަމަށް ވެއެވެ. ނައީމް އޭރު ހުންނެވީ އައިޑީކާޑްޔުނިޓްގެ ރަސްމީ ދަތުރެއްގައި ނ.އަތޮޅު ވެލިދޫގައެވެ. އެހެންކަމުން އެދުވަހު ތަމަޅަބާޣީން މާލެއަށް ދެމުންދިޔަ ހަމަލާތަކުގެ ޚަބަރުތަށް މުޅިރާއްޖޭގެ ހުރިއަތޮޅުތަކަށް ރޭޑިއޯޓެލެފޯނުގެ ޒަރީއާއިން ދިޔައީ ލިބެމުންނެވެ.އިލަހީ ރަހްމަތްފުޅުން ވާގިއެދިގެން ދުއާކުރުންމަތީ ގައެވެ.ސަރުކާރަށް އޮތް އިތުބާރާއި ޔަގީންކަން ރައްޔިތުންގެ ހިތުގައި އޮތް ބޮޑުކަމުންނެވެ.ދެޚިޔާލެއްގެ ދެމީހަކު ނެތި އެންމެން އެކަތިގަޑަކަށްވެގެންނެވެ. މުޅިރާއްޖޭގައި ސަރުކާރުގެފަރާތުން އިންތިޒާމްކޮށް ބަލަހައްޓަމުންގެންދިޔަ މުވާސަލާތުގެކަންކަން އެހާރަގަޅު ނޫންނަމަވެސް އެދުވަހު ރާއްޖޭގެ ހުރިހާ ރައްޔިތުން އެކައްޗަކަށްވެގެން ކުރެވުނު ގަދަފަދަ މަސައްކަތުގެ ނަތީ ވަރަށް ފޮންޏެވެ. މާތްﷲ ދެއްވި މަތިވެރި ނަސްރެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.