.
03 November 2019
މަޤްބޫލު ޙަބަރު

ދިވެހި ފުލުހުން މިއަދު ހިތްވަރު ލިބިގަންނަނީ 3 ނޮވެމްބަރުގައި ދިވެހި ސިފައިންވި ގުރުބާނީން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިއަދު ފާހަގަކުރަމުން ދާ 31 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސީޕީ ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 3ނޮވެމްބަރުގެ އުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންނާ އާންމުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ކުރައްވާ ކަމަށެވެ. އަދި ޝަހީދުންގެ އާއިލާތަކަށް ހެޔޮ ގޮތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާ ކަމަށެވެ.

“އަޅުގަނޑުމެން ނަމޫނާ އާއި ހިތްވަރު މިއަދު ލިބިގަންނަނީ އެ ދުވަހުން” މިއަދު ފާހަގަކުރަމުންދާ 31ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސީޕީ ހަމީދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

3 ނޮވެމްބަރު 1988ގެ އުދުވާނީ ހަމަލައަށް މިއަދު 31 އަހަރު ފުރިގެންދާއިރު މިދުވަހަކީ ދިވެހި ގައުމަށް ހަތިޔާރުއެޅު ކުލީސިފައިންގެ ބަޔަކު އަރާ ގައުމު ފުޑުފުޑުކޮށްލާ މިގައުމުގެ އެތަށް ދިވެހީންނެއް ޝަހީދު ކޮށްލި ހިތްދަތި އެހިތާމަވެރި ދުވަހުގެ ޒިކުރާއާކުރާ ދުވަހެވެ. އެހެންކަމުން މިއަދާއި ހަމަޔަށްވެސް އެދުވަހުގެ ޒިކުރާއަޅުގަނޑުމެން އާކުރަމުންދާއިރު މިއަދުވެސް އެ ދުވަހުގެ ބިރުވެރިކަން އަޅުގަނޑުމެން ދިވެހިންގެ އެތަށް ބައެއްގެ ހިތްތަކުގައި ބިންވަޅުނެގިފައިވެއެވެ.

ސިފައިންނާއި އާންމުން އެކު ޖުމްލަ 19 ދިވެހިން އަޅުގަނޑުމެންގެ ގައުމަށްޓަކައި ޝަހީދުވެގެންދިޔަ ހިތާމަވެރި ދުވަހެކެވެ. މީގެއިތުރުން  40 އަށްވުރެ ގިނަ ފަރާތްތައް މި ހާދިސާގައި އެކިވަރުގެ ޒަހަމްވެފައިވާއިރު މިއީ ކޮންމެ ހާލެއްގައިނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ވަކިބަޔަކު ބޭރުގެ ފަރަތްތަކާއި ގުޅިގެން އަޅުގަނޑުމެން ދިވެހިންނަށް ދިމާވެފައިވާ ހިތާމަވެރި ހާދިސާތަކުގެތެރެއިން ހާދިސާއެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©