.
03 November 2019
މަޤްބޫލު ޙަބަރު

3 ނޮވެމްބަރު 1988 ގެ އުދުވާނީ ހަމަލާއިން ފެނިގެންދިޔައީ ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކުގެ ސަލާމަތަށް  ގޮންޖެހުންތަށް ހުށަހެޅިފައިވާ މިންވަރު ކަމަށް ރާއްޖޭގެ ޚަރިޖީވަޒާރާ އިން ވިދާޅުވެއްޖެއެވެ.

ނަސްރުގެދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ 3 ނޮވެމްބަރު 1988 ގައި ފެނިގެންދިޔައީ ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކުގެ ސަލާމަތަށް ހުރި ޚާއްސަ ގޮންޖެހުންތައް ކަމަށާއި،އެހެންކަމުން ދިވެހިރާއްޖެއިން އދ.ގައި ވަކާލާތުކޮށް ކުދި ގައުމުތަކުގެ ސަލާމަތާ ގުޅޭގޮތުން އެތައް ގަރާރެއް ފާސްވެގެންދިޔަ ކަމަށެވެ.

“ދިވެހިރާއްޖެއިން އޭރު ކުރި މަސައްކަތުގެ ސަބަބުން، ބައިނަލްއަގުވާމީ ސަލާމަތާ ގުޅޭ މަޝްވަރާތަކުގައި، ކުދި ގައުމުތަކުގެ ސަލާމަތާ ގުޅޭގޮތުން މަޝްވަރާކުރެވޭ ގޮތް ބަދަލުވެގޮސްފައިވަނީ” ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ގެ ބަޔާނުގައި ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ރައްކާތެރިކުރުމަށްޓަކައި، ބައިނަލްއަގްވާމީ ގުޅުންތައް ވަރުގަދަކޮށް، ރަހްމަތްތެރިންނާއި ބައިވެރިންނާއެކު އޮތް އެއްބާރުލުން އިތުރަށް ވަރުގަދަކުރުމުގައި ސަރުކާރުން ދެމިތިބޭނެކަމުގައެވެ.

އަދި މިއަދުގެ ދުނިޔޭގައި ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލައި ނުރައްކާތަކުން އަރައިގަތުމަށްޓަކައި، ގައުމުގެ ފުދުންތެރިކަމާއި، ކުރިމަތިލުމުގެ ގާބިލިއްޔަތު އިތުރަށް ވަރުގަދަ ކުރުމުގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށެވެ.

3ނޮވެމްބަރ 1988ގެ އުދުވާނީ ހަމަލައިގެ ކަމިޔާބީ މިއަދު ފާހަކަގުރަމުންދާއިރު އެދުވަހު ރާއްޖެއަށް އެހީތެރިވި ގައުމުތަކުގެ ވާހަކަވެސް ޚަރިޖީ ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން މިއަދަކީ ހަގީގީ ރަހްމަތްތެރިންނާއި ބައިވެރިންގެ އަގު ވަޒަންކުރާ ދުވަސް ކަމަށާއި 3 ނޮވެމްބަރު 1988 ގައި އިންޑިއާ ސަރުކާރުން ވެދިން އަސްކަރީ އެހީތެރިކަން އަބަދުމެ، ދިވެހިންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާނެކަން ބަޔާނުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©