މުޙައްމަދު އިބްރާހިމް
03 November 2019
މަޤްބޫލު ޙަބަރު

ހެންވޭރު އަބަދަށްފެހި މަގުގައި މިދިޔަ ސެޕްޓެމްބަރު މަހު ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި މީހުންގެ ފުރާނަ ސަލާމަތްކުރުމުގައި އުޅުނު ސިފައިންގެ ބޭކަލުންނަށް މެޑަލި ދީފިއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން މިރޭ ސިފައިންގެ ކަޅުތުއްކަލާކޮށީގައި ބޭއްވި ޖަލްސާގައި “ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑެލި” ދީފައިވަނީ ސިފައިންގެ ނުވަ ބޭކަލަކަށެވެ. މެޑެލި ލިބުނު ސިފައިންގެ ބޭކަލުންނަކީ

– ސާޖަންޓް އަހްމަދު ސައީދު

– ސާޖަންޓް މަހުފޫޒް އަބްދުއްރަޝީދު

– ސާޖަންޓް އަލީ ރިޒްވީން

– ސާޖަންޓް އާދަމް ފަޒީލް

– ސާޖަންޓް ހުސައިން އަންވަރު

– ކޯޕްރަލް ޝަހުދާން ނަސީމް

– ކޯޕްރަލް އަހްމަދު ހިޝާމް

– ކޯޕްރަލް އަހްމަރު އަނަސް ޒަކީ

– ޕްރައިވެޓް އިސްމާއިލް ރިހުޝާން

މި ބޭކަލުންނަށް މެޑެލި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފުރާނަ ސަލާމަތް ކުރުމުގެ ރިހި މެޑެއްޔަކީ އަމިއްލަ ނަފްސަށް ލިބިދާނޭ އެއްވެސް ގެއްލުމަކަށް ބެލުމެއްނެތި އިންސާނެއްގެ ފުރާނަ ސަލާމަތްކުރުން ނުވަތަ އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތް ކުރި މިންވަރު ބަލާ މި މެޑެލި ދިނުމަށް ހައްޤުވާކަން ސާބިތު ވުމުން ދެވޭ މެޑެއްޔެކެވެ.

އެމްއެންޑިއެފުން ބުނީ، އެ ނުވަ ބޭކަލުންނަށް ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑެލި ދިނީ އެދުވަހުގެ އަލިފާނުގެ ހާދިސާގައި އެކި ފަހަރު މަތިން ރޯވެފައިވާ ގެ ތަކުގެ ތެރެއަށްވަދެ އެކި ފަންގިފިލާތަކުގައި ތިބި މީހުން ސަލާމަތްކޮށްފައިވާތީ އާއި އަލިފާންގަނޑު ނިންވުމުގައި ވެސް އެ ސިފައިން މަސައްކަތްކޮށްފައިވާތީ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©