.
04 November 2019
މަޤްބޫލު ޙަބަރު

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ އިތުރު މައްސަލައެއް ބަލައިގަނެ އެ މައްސަލަ ތަހްގީގު ކުރުމަށް ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

އެގިފައިވާގޮތުގައި މިއަދު ބޭއްވި ޖޭއެސްސީގެ ކުއްލި ބައްދަލުވުމުން ބަލާފައިވަނީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން، ހައިލަމް ޖަހާފައިވާ ޕޯސްޓަކާއި ގުޅިގެންނެވެ.

ހަފްތާއަށް އެގިފައިވާ ގޮތުގައި ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން، ހައިލަމް ޖޭއެސްސީގެ ރެކްރިއޭޝަން ކުލަބްގެ ވައިބަރ ގުރޫޕަށް ލާފައިވާ ޕޯސްޓުގައިވަނީ ތިނެއް ނޮވެމްބަރުގެ ހަމަލާގައި އިސްކޮށް އުޅުނު އަބްދުﷲ ލުތުފީ އާ ސަގަރު އިބްރާހިމް ނާސިރުގެ އިތުރުން އެ ހަމަލާގަ ބައިވެރިވި ބައެއް ފަރާތްތަކާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނެއް ޖަހައިފަ ދަމަމުންގެންދާ މަންޒަރު ދައްކުވައިދޭ ކާޓޫން ފޮޓޯއެކެވެ.

އަދި އެ ޗޭނުގެ އެއްކޮޅުގައި ނޮވެމްބަރު 3 ގަ ޝަހީދުވި ހުސެއިން އާދަމް ހިފަހައްޓާފައިވާ މަންޒަރުވެސް ދައްކުވައިދެއެވެ. އަދި އެ ކާޓޫން ބޭނުންކޮށްފައިވާ ފޮޓޯގައި ލިޔެފައި ވަނީ؛ “އެ އިއްޒަތާއި ގަދަރު މިއަދު ފޭރިގެންފި” މިހެން އެވެ.

Leave a Reply

Your email address will not be published.

haftha.mv ©