• Mon, 13 July, 2020, 12:07 pm

    އަންނަ އަހަރަށް ލަފާކޮށް 37.5ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.

    މިނިސްޓަރު އަމީރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓްގެ ޖުމްލަ އަކީ، 37.5 ބިލިއަން ރުފިޔާ އެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 29.92 ބިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ބަޖެޓްގައި ލަފާކޮށްފައިވެ އެވެ.

    ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފުރަތަމަ ހުށަހެޅި ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ބަޖެޓް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފަައި ވަނީ،  ސަރުކާރުން ކަނޑައަޅާފައިވާ އެކްޝަން ޕްލޭންގައިވާ މައިގަނޑު ފަސް ކަމެއް ހާސިލް ކުރުމަށެވެ. މި ބަޖެޓްގެ މައިގަނޑު ޚަރަދުތައް ބެހިފައި ވަނީ އަށް ކަމަކަށް ފިނޭންސް މިނިސްޓަރ އިބްރާމް އަމީރު ވިދާޅުވިއެވެ.

    އާމްދަނީ ލިބޭނެކަމަށް ލަފާކޮށްފައިވާ ދާއިރާ:

    ޓެކްސްގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބަޖެޓްގައިވަނީ ލަފާކޮށްފައި.

    ޓެކްސް ނޫން އެހެން ގޮތްގޮތުން ލިބޭނެކަމަށް 6.8 ބިލިއަން ރުފިޔާ.

    ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން ލިބޭނެކަމަށް 5.2 ބިލިއަން ރުފިޔާ އެވެ.

    ބަޖެޓުގައި ރިކަރަންޓު ހަރަދުގެ ގޮތުގައި 22.2 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ވަނީ ލަފާކޮށްފައި. އެއީ ޖުމްލަ ހަރަދުގެ 59 ޕަސެންޓެވެ. އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީއަށް 10 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ކެޕިޓަލް ހަރަދުތަކަށް 5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

    އަންނަ އަހަރުގެ ބަޖެޓުގެ އެންމެ މުހިއްމު އިސްކަމެއް ދޭނީ ސަރުކާރުގެ އެކްޝަން ޕްލޭންގައިވާ ކަންކަން ތަންފީޒު ކުރުމަށެވެ. އެގޮތުން އެކްޝަން ޕްލޭންގައިވާ ކަންކަންވެސް ސަރުކާރުން ވަނީ ފަސް ދާއިރާއަކަށް ބަހާލާފައެވެ.

    ނޫއިގްތިސާދަށް ބަޖެޓްގެ 11 ޕަސެންޓް.

    އޯގާތެރި ސަރުކާރަށް ބަޖެޓްގެ 33 ޕަސެންޓް.

    ފަޚުރުވެރި އާއިލާ އަށް 10 ޕަސެންޓް.

    ޖާޒީރާ ދިރިއުޅުމަށް 16 ޕަސެންޓް.

    ހެޔޮވެރިކަމެއް ގާއިމްކުރުމަށް ބަޖެޓްގެ 30 ޕަސެންޓް.

    މިއަހަރުގެ ޖީޑީޕީ 5.2 ޕަސެންޓުގައި ހުރި ނަމަވެސް އަންނަ އަހަރު ޖީޑީޕީ 7.5 ޕަސެންޓު ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
    ޖީޑީޕީ ކުރިއަރާނީ 7.5 ޕަސެންޓްގައި އެގޮތުން ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް އޮތީ ދުޅަހެޔޮކަން މަތީގައި ކަމަށްވާތީ އެ ދާއިރާގެ ކުރިއެރުން 2.6 ޕަސެންޓްގައި ބެހެއްޓޭނެ އެވެ. ކޮންސްޓްރަކްޝަން ދާއިރާއަށް ކުޑަ ހީނަރުކަމެއް އައި ނަމަވެސް ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް 1.1 ޕަސެންޓްގައި ކުރިއަރާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި އެހެން ދާއިރާތަކުގެ ރިއަލް ޖީޑީޕީ 3.8 ޕަސެންޓް ކުރިއަރާނެ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.

    ދައުލަތުގެ ރަސްމީ ރިޒާވް އަންނަ އަހަރު 819 މިލިއަން ޑޮލަރު ލިބޭނެކަމަށް ލަފާކޮށް ބަޖެޓްގައިވަނީ ހިމަނާފައެވެ. އަދި ޖީޑީޕީގެ ނިސްބަތުން 19 ޕަސެންޓް ނުވަތަ 1.2 ބިލިއަން ޑޮލަރުން ކަރަންޓް އެކައުންޓް ޑެފިސިޓް ވާނެ ކަމަށް ބެލެވޭއިރު، ނޮމިނަލް ޖީޑީޕީ 97.5 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

    އާމްދަނީ އިތުރު ކުރުމަށް ފަސް ކަމެއް ވަނީ ރާވާފައި:

    ބިދޭސީންގެ ކޯޓާ ފީއެއް ތައާރަފުކުރުމާއި ވޯކް ޕާމިޓް ފީ މަތިކޮށްގެން 714 މިލިއަން ރުފިޔާ.

    އިންކަމް ޓެކްސް އާއި އެއާ ގުޅޭ އެހެން ޓެކްސްތަކުން 706 މިލިއަން ރުފިޔާ.

    ކަސްޓަމްސް ފީތަކާއި އިމްޕޯޓް ޑިއުޓީ އަށް ގެންނަ ބަދަލުން 558 މިލިއަން ރުފިޔާ ލިބޭނެކަމަށް.

    އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަށް ގެންނަ ބަދަލުން 319 މިލިއަން ރުފިޔާ ލިބޭނެކަމަށް.

    އަލަށް ހުޅުވާ ރިސޯޓްތަކުން އިކުއިޒިޝަން ކޮސްޓް ގެގޮތުގައި 290 މިލިއަން ރުފިޔާ ލިބޭނެކަމަށް.

    ޑެފިސިޓް ފޫބެއްދުން
    އަންނަ އަހަރުގެ ބަޖެޓުގައި 4.6 ބިލިއަން ރުފިޔާ ބޮންޑު ވިއްކުމަށް ވަނީ ނިންމާފައެވެ. އެއީ ބަޖެޓުގެ ޑެފިސިޓު ފޫ ބެއްދުމަށެވެ. އެގޮތުން ފިނޭންސުން ބުނި ގޮތުގައި ޑެފިސިޓްވާ ބައި ފޫބެއްދުމަށްޓަކައި ޑޮމެސްޓިކް މާކެޓްގައި ޓީ ބިލާއި ޓީ ބޮންޑު ވިއްކާނެ ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކުން ލޯނު ހޯދައި ނުވަތަ އެ ފަރާތްތަކަށް ސޮވެރިން ބޮންޑު ވިއްކަން ވެސް ވަނީ ހަމަޖެހިފަ އެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.