Sat, 6 June, 2020, 3:28 pm
ރައީސް ޔާމީން ފުލުހަށް ހާޒިރުވުމަށް އަންގައިފި
2

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައިފިއެވެ.

“ހަފްތާ” އަށް މައުލޫމަތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީނަށް ޗިޓް ފޮނުވާފައިވަނީ މިއަދު މެންދުރުފަހު 2:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށެވެ.

އަދި ރާއީސް ޔާމީން ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުކުރަނީ މިފަހުގެ ތާރީޚްގައި ރާއްޖޭގައި ހިގާފައިވާ އެންމެބޮޑު ޚިޔާނާތް އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއިގުޅޭ މައްސަލައަކާއި ގުޅޭ ގޮތުން މައުލޫމަތު ސާފްކުރުމަށްކަމަށް ވެސް “ހަފްތާ” އަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ރައީސް ޔާމީން ފުލުހުން އިދާރާއަށް މިއަދު ހާޒިރު ކުރާއިރު މިސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސްވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ.

ފުލުހުން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ހަތް ބޭފުޅަކު މި ސަރުކާރުގެ ތެރޭގައި އެބަ ތިއްބެވިކަމަށާއި، މީގެއިތުރުން ހިޔާނާތުގެ ފައިސާ މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކަށް ލިބިފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރުކުރާއިރު އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ ހުކުމް އިއްވުން މާދަމާއަށް ވަނީ ތާވަލުކޮށްފަ އެވެ. އެ ދައުވާއަކީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ އެސްއޯއެފްގެ ފައިސާތަކެއް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެ، އެ ފައިސާތަކުން މަންފާ އެމަނިކުފާނު ހޯއްދެވި ކަމަށް ބުނެ އުފުލާފައިވާ ދައުވާއެކެވެ.

Leave a comment

Your email address will not be published.