Sat, 6 June, 2020, 4:12 pm
ކަރަންޓާއި، ކާބޯތަކެތީގެ އަގު ހެޔޮކުރަން ބަޖެޓްގައި ހިމަނައިފި
8

ކަރަންޓުގެ އަގު ހެޔޮ ކުރުމަށާއި ކާބޯތަކެތި އަގު ހެޔޮކުރުމަށް ބަޖެޓްގައި ހިމަނައިފިއެވެ.

އެގޮތުން ކަރަންޓުގެ އަގު ހެޔޮ ކުރުމަށް 350 މިލިއަން ރުފިޔާ ދިނުމަށް ބަޖެޓްގައި ހިމަނާފައިވާއިރު ކާބޯތަކެތި އަގު ހެޔޮކުރުމުގެ ގޮތުން ދޭ ފައިސާގެ ގޮތުގައި 254 މިލިއަން ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފަ އެވެ.

ހިނގަމުން މިދާ އަހަރުގެ ބަޖެޓުގައި ކަރަންޓު އަގު ހެޔޮ ކުރުމަށް ހިމަނާފައިވަނީ 272 މިލިއަން ރުފިޔާއެވެ. އަދި ކާބޯތަކެތީގެ އަގު ހެޔޮ ކުރުމަށް 230 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

މީގެއިތުރުން މިއަހަރުގެ ބަޖެޓުގައި ތަކެތި ނުވަތަ ޚިދުމަތުގެ އަގު ހެޔޮ ކުރުމަށް 445 މިލިއަން ރުފިޔާ ދިނުމަށް ހިމަނާފައިވާއިރު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދިނުމަށް 216 މިލިއަން ރުފިޔާ ވަނީ ބަޖެޓް ގައި ހިމަނާފަ އެވެ. އަދި އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދިނުމަށް 53 މިލިއަން ރުފިޔާ ވަނީ ބަޖެޓްގައި ކަނޑައަޅާފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ވަނީ 37.5 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް މިއަދު ހުށަހަޅުއްވާފައެވެ. އެބަޖެޓްގައި ބަޖެޓްގައި އިޖުތިމާޢީ ރައްކާތެރިކަމަށް 3.9 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

Leave a comment

Your email address will not be published.