މުޙައްމަދު އިބްރާހިމް
04 November 2019
މަޤްބޫލު ޙަބަރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒު އަލީ ޒާހިރު މިއަދު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި މަގާމުގެ ލިޔުން ހަވާލުކުރުމުގެ ކުރިން މަހާޒު ވަނީ ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ، ރައީސްގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ.

މަހާޒަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއެވެ.

ޑުރަގް ކޯޓުގެ ފަނޑިޔާރުގެ ގޮތުގައި ކުރިން ހުންނެވި މަހާޒު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ ބުދަ ދުވަހުއެވެ. އެއީ އެދުވަހުގެ ޖަލްސާއަށް ހާޒިރުވެ ތިއްބެވި 64 މެމްބަރުންގެ ތެރެއިން 55 މެމްބަރުންގެ އިއްތިފާގުންންނެވެ.

ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވެފައިވަނީ ކުރިން ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ދީދީ، މިދިޔަ އޯގަސްޓު މަހުގެ 28 ވަނަ މަގާމުން ވަކިކުރުމުންނެވެ.

ސުޕްރީމު ކޯޓުގައި ކުރިން ފަސް ފަނޑިޔާރުން ހިމެނުނު ނަމަވެސް، ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެނައި އެ އިސްލާހާއެކު މިހާރު އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދަކީ ހަތެކެވެ.

އެކޯޓުގައި މިހާރު ތިއްބަވާނީ

– އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ފަނޑިޔާރު އަބަދުﷲ އަރީފު، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ، ފަނޑިޔާރު އަބްދުﷲ ދީދީ، ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އަދި ގާނޫނަށް ގެނައި ބަދަލާއެކު އައްޔަން ކުރެއްވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

Leave a Reply

Your email address will not be published.

haftha.mv ©