Sat, 6 June, 2020, 4:05 pm
އަންނަ އާދީއްތަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވައިފި
3

އަންނަ އާދިއްތަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ އާދިއްތަ ދުވަސް ބަންދުކުރަން ނިންމީ، އަންނަ ހޮނިހިރު ދުވަހަކީ ކީރިތި ރަސޫލާގެ އީދު މީލާދީ ދުވަހަށް ވުމާއި ހޯމަ ދުވަހަކީ ޖުމްހޫރީ ދުވަހަށް ވެފައި އެ ދެމެދަށް ރަސްމީ އެއް ދުވަސް ވަންނާތީ އެވެ.

ކީރިތި ރަސޫލާގެ އީދު މީލާދީ ދުވަހާއި ޖުމްހޫރީ ދުވަހަކީ އަބަދުވެސް ރަސްމީ ބަންދު ދެ ދުވަހެވެ.

އާދިއްތަ ދުވަސް ބަންދުކުރުމުން، އަންނަ ހަފުތާ ބަންދާއެކު ބަންދުގެ ގޮތުގައި ސަރުކާރު މުވައްޒަފުންނަށް ހަތަރު ދުވަސް ލިބޭނެއެވެ.

Leave a comment

Your email address will not be published.