މުޙައްމަދު އިބްރާހިމް
05 November 2019
މަޤްބޫލު ޙަބަރު

ސްރީ ލަންކާގެ އަވަށެއްގައި ހުންނަ ބުއްދާއަކަށް ގެއްލުންދިން ކަމަށް ތުހުމަތު ކުރެވޭ މީހާއާ ގާތް ގުޅުމެއް އޮންނަ ދިވެއްސަކު ހޯދަން ލަންކާގެ ފުލުހުން ފަށައިފިއެވެ.

ލަންކާގެ ފުލުހުންނާ ހަވާލާދީ އެގައުމުގެ ނޫހެއް ކަމަށްވާ ސިލޯން ޓުޑޭގައި ބުނެފައިވަނީ، ދިވެހި ރައްޔިތަކު ހޯދަމުންދަނީ މަވަނެއްލާ އަވަށުގައި ހުރި ބުއްދާއަކަށް ގެއްލުން ދިން ކަމަށް ތުހުމަތު ކުރެވޭ މީހާއާ ގާތް ގުޅުމެއް އޮންނަ މީހަކަށް ވާތީ ކަމަށެވެ.

ލަންކާގެ ފުލުހުން ހޯދަމުންދަނީ އުމުރުން 30 އާއި 35 އަހަރާ ދެމެދުގެ ދިވެއްސެކެވެ. އަދި އޭނާ ހުންނަ ގޮތުގެ ކުރެހުމެއް ލަންކާގެ ފުލުހުން ވަނީ އާންމު ކޮށްފައެވެ. އެ ކުރެހުމުގައި ފެންނަނީ ބޯ ތަލަކޮށް، ތުނބުޅިއެއް ލާފައި ހުންނަ މީހެކެވެ.

ލަންކާގެ ފުލުހުން ބުނީ، މަވަނެއްލާގައި ބަހައްޓާފައި ހުރި ބުއްދާއަކަށް ގެއްލުން ދީފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އަދި އެކަން ކުރި މީހާއާ ގާތް ގުޅުމެއް އޮންނަ ދިވެހި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އެކަން ހިއްސާ ކުރުމަށް އެދިފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©