މުޙައްމަދު އިބްރާހިމް
05 November 2019
މަޤްބޫލު ޙަބަރު

ލ. ގަމުގައި އިމާރާތްކުރި ފެނަކަ ކޯޕަރޭޝަންގެ އާ އޮފީސް އިމާރާތް މިއަދު ހުޅުވައިފިއެވެ.

މި އޮފީސް ހުޅުވައިދެއްވީ އިކޮނިމިކް މިނިސްޓަރު އަދި ގަމު ދާއިރާގެ ކުރީގެ މެމްބަރު ފައްޔާޒު އިސްމާއިލް އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ.

މި ރަސްމިއްޔާތުގައި ގަމު ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ވިސާމާއި ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު އަދި ޗެއާމަން މުހައްމަދު ރަޝީދު ވެސް ބައިވެރިވިއެވެ.

މިއަދު ހުޅުވި އޮފީސް އިމާރާތަކީ ގަމުގައި ވަކިން ހުރި ފެނަކައިގެ ތިން އޮފީސް އެއް އިމާރާތުގެ ބަދަލުގައި ހުޅުވި މަރުކަޒީ އޮފީސް އިމާރާތެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކަ އެމްޑީ ސައީދު ވިދާޅުވީ، ތިން އޮފީސް އެއް އޮފީހަށް ބަދަލު ވެގެން ދިއުމަކީ ކުންފުނިން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ހަރުދަނާވެ ލުއިފަސޭހަ ކަމާއެކު ފޯރުކޮށްދިނުމަށް ކުންފުނިން ކުރަމުންދާ މަސައްކަތް އިތުރު ހަރުފަތަކަށް ވާސިލު ވުމަށް މަގު ފަހި ވެގެންދާނެ ކަމެއް ކަމަށެވެ.

“މި އޮފީހުން ދެވޭ ހިދުމަތްތަކުގެ ސަބަބުން ރައްޔިތުން ކުންފުނީގެ ހިދުމަތްތަކާ ދޭތެރޭ ކުރާ އިތުބާރު އުއްމީދު އާ ވެގެންދާނެކަމުގެ ޔަގީންކަން އަރުވަން” ސައީދު ވިދާޅުވިއެވެ.

ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވިދާޅުވީ އަމާޒަކީ ގަން އެއް ނެޓްވޯކަކުން ގުޅާލުން ކަމަށެވެ. އަދި ގަމުގެ ރައްޔިތުން ދައްކަމުންދާ އެއްބައިވަންތަކަމުގެ މިސާލު ފާހަގަކޮށް، ގަމުގެ ރައްޔިތުން ގުޅިގެން ކުރަމުންދާ މަސައްކަތުގެ ފޮނި މީރުކަން ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވާހަކަ ދައްކަވަމުން ވަނީ، ސަރުކާރުގެ ސިޔާސަތުތައް ދަމަހައްޓަން ފެނަކަ އިން ކުރާ މަސައްކަތްތަކަކީ މިއަދު ތައުރީފު ހައްގު ވެގެންވާ މަސައްކަތްތަކެއް ކަމަށެވެ.

އެގޮތުން އެ މަސައްކަތް ރާއްޖޭގެ އެހެން ކުންފުނިތަކުން ވެސް ނަމޫނާ އަކަށް ބެލުމަށް އިލްތިމާސް ކުރެއްވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©