މުޙައްމަދު އިބްރާހިމް
06 November 2019

މަޤްބޫލު ޙަބަރު

ކ. ގިރިފުށީގައި ސިފައިން ހިންގި ބަޑި ޖެހުމުގެ ތަމްރީނެއްގެ ތެރެއިން ޖެހި ވަޒަނެއް އެރަށް ކައިރިން ދަތުރުކުރަމުންދިޔަ ސަފާރީއެއްގައި ހުރި މީހެއްގެ ގަޔަށް އަރައިފިއެވެ.
އެމްއެންޑީއެފުން ބުނީ، އެ ހާދިސާގައި ވަޒަން އަރައިގެން ޒަހަމް ވެފައިވަނީ ސަފާރީގައި ހުރި ފަތުރުވެރިއަކަށެވެ.
މިހާތަނަށް އެނގިފައިވާ ގޮތުން އެ ވަޒަނަކީ ތަނެއްގައި ޖެހި ބާރު ކެނޑިފައިވާ ވަޒަނެއް ކަމަށާއި އަދި ވަޒަނުން ފަތުރުވެރިއާގެ ކަރުގައި ކީތިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމީހާ މިހާރު ސީ އެމްބިއުލާންސްގައި މާލެ ވަނީ ގެނެސްފައެވެ. އަދި ފަހުން އޭނާ ވަނީ ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލު ކޮށްފައެވެ. އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި، ފަތުރުވެރިޔާގެ ހާލު ރަނގަޅެވެ.
އެ މައްސަލަ އެމްއެންޑީއެފުން އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.
