މުޙައްމަދު އިބްރާހިމް
06 November 2019
މަޤްބޫލު ޙަބަރު

ސަސްޕެންޑު ކޮށްފައިވާ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްއަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ފަރާތުން ފައިސާތަކެއް ލިބުނު މައްސަލަ ތަހުގީގު ކުރަން ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީއިން މިއަދު ބޭއްވި ބައްދަލުވުމުގެ ނިންމުންތައް އާންމު ކުރަމުން ބުނެފައި ވަނީ، މިއަހަރުގެ މޭ 19 ވަނަ ދުވަހު އަލްހާން ފަހުމީ ގާޒީ ހައިލަމްއަށް 200،000 ރުފިޔާގެ ޓްރާންސެކްޝަނެއް ހިންގާފައިވާކަން ފާހަގަަކޮށް، ފުލުހުން އެ ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން އެ މައްސަލައަކީ ފަނޑިޔާރަކާ ގުޅިގެން ފާހަގަކޮށްފައިވާ ސީރިއަސް މައްސަލައެއްކަމަށްވާތީ، އެ މައްސަލަ ތަހުގީގު ކުރުމަށް ނިންމީ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަހަރުގެ ޖުލައި މަހުގެ 25 ގައި ފުލުހުންގެ ސަމާލު ކަމަށް އެ މައްސަލަ ގެނެސްފައިވީ ނަމަވެސް، އެ މައުލޫމާތު ޖޭއެސްސީއާ ހިއްސާކޮށްފައި ނުވާތީ އާއި އެ މައްސަލައިގާ އެކަށީގެންވާ ފިޔަވަޅު ފުލުހުން އަޅާފައިވާކަމަށް ގަބޫލުނުކުރެވޭތީ، އެކަން ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާ އަދި ނެޝަނަލް އިންޓިގުރިޓީ ކޮމިޝަންގައި ދެންނެވުމަށް ވެސް މިއަދުގެ ކޮމިޝަންގެ ޖަލްސާގައި ވަނީ ނިންމައިފައެވެ.

ޖޭއެސްސީގެ އެ ނިންމުމާ ގުޅިގެން އަލްހާން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ޖޭއެސްސީގެ ބަޔާނަށްފަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޓެގު ކުރައްވާ އަލްހާން ވިދާޅުވީ، އަޖައިބު ހައިރާން ވެއްޖެ ކަމަށާއި މިއީ ބޮޑުވަރު ކަމަށެވެ.

އަލްހާން ކުރެއްވި އިތުރު ޓުވީޓެއްގައި ސީޕީ ހަމީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޓެގު ކުރައްވާ ވިދާޅުވީ، ވިދާޅުވީ، ހައިލަމްއަށް އޭނާ ދެލައްކަ ރުފިޔާ ދިން ކަމަށާއި އަދިވެސް ދޭނެ ކަމަށެވެ. އަދި ދިނަސް ކުރެވޭނީ ކޮންކަމެއްތޯ ވަނީ ސުވާލު އުފައްދައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©