މުޙައްމަދު އިބްރާހިމް
06 November 2019
މަޤްބޫލު ޙަބަރު

އެމެރިކާގެ މަޝްހޫރު އަދި ދުނިޔޭގެ ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ފިރިމީހާ އެލްކްޒިސް އޮހޭނިއަން އަދި ދަރިފުޅު އެލެކްޒިސް އޮލިމްޕިއާ ޖޫނިއާއާއެކު ސެރީނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ އިތާފުށި ރިސޯޓުގައެވެ. އޭނާ ވަނީ އެ ރިސޯޓުގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގުރަމްގައި ހިއްސާ ކޮށްފައެވެ.

ދުނިޔޭގެ އެންމެ ކާމިޔާބު އަންހެން ޓެނިސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސެރީނާ، 38، އަކީ 23 ފަހަރު ގުރޭންޑް ސްލޭމް ޗެމްޕިއަންކަން ހޯދާފައިވާ ގުރޭންޑް ސްލޭމް އިން އެންމެ ގިނަ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލަސް ހޯދާފައިވާ ކުޅުންތެރިޔާއެވެ.

ސެރީނާއަކީ 2016 ވަނަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބޭ އަންހެން އެތުލީޓުގެ މަގާމު ހޯދައި 2017 ވަނަ އަހަރަކީ ފޯބްސް އިން ނެރުނު އެންމެ ބޮޑު އާމްދަނީއެއް ލިބޭ 100 އެތުލީޓުންގެ ތެރޭގައި ހިމެނުނު ހަމައެކަނި އަންހެން އެތުލީޓެވެ.

އޭގެ އިތުރުން މިލްކިއްޔާތުގައި ހުރި ގާތްގަނޑަކަށް 224 މިލިއަން އެމެރިކާ ޑޮލަރާއެކު ސެރީނާ ވެގެން ގޮސްފައިވަނީ ފޯބްސް އިން އެކުލަވާލި އަމިއްލައަށް މުއްސަނދިކަން ހޯދި އަންހެނުންގެ ލިސްޓުގައި ހިމެނު ފުރަތަމަ އަންހެން އެތުލީޓަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©