މުޙައްމަދު އިބްރާހިމް
06 November 2019
މަޤްބޫލު ޙަބަރު

ހއ. އުލިގަމުގައި އާ އިންޖީނުގެ އެއް އިމާރާތް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އެ މަސައްކަތް ހަވާލުކުރީ ޓޫއެލް ކޮންސްޓުރަކްޝަން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އަދި އެ ކުންފުންޏާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ދެމެދު މިއަދު ވަނީ އެކަމާ ގުޅޭ އެއްބަސްވުމުގައި ވެސް ސޮއިކޮށްފައެވެ.

ޓޫއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ އިބްރާހިމް ރަޝީދެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.

ފެނަކައިން ބުނީ، އުލިގަމުގައި އާ އިންޖީނުގެއެއް އަޅަން ޓޫއެލް ކޮންސްޓުރަކްޝަނާ ހަވާލުކުރީ 5.6 މިލިއަން ރުފިޔާއަށް 170 ދުވަސް ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.

އެއީ މިމަހުގެ 13 ވަނަ ދުވަހު އަމަލީ މަސައްކަތް ފަށައި، އަންނަ އަހަރުގެ މޭ އެއްވަނަ ދުވަހަށް ނިންމަންޖެހޭ ގޮތަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©