މުޙައްމަދު އިބްރާހިމް
06 November 2019
މަޤްބޫލު ޙަބަރު

ޕާޓީއަކަށް ފުންޕާހަން ފުއްޕުމަކީ ބައެއް މީހުންނަށް ކަމެއް ނޫނެވެ. އަނެއްބައި މީހުން އަނގައިންނާއި ބުންބާ ބޭނުންކޮށްގެން ފުންޕާހަންތައް ފުއްޕާ ނިމޭއިރު ތިބެނީ ހަންވެފައެވެ.

ނަމަވެސް އެއީ މާޒީއެވެ. މިއަދު މިއީ ހީލިއަމް ގޭހުން ފުއްޕާހަން ފުއްޕާލެވޭ ޒަމާނެވެ. ހީލިއަމް ގޭހަކީ ފުއްޕާހަން ފަދަ ތަކެތި ފުއްޕުމަށް ބޭނުންކުރާ ގޭހެކެވެ. ފުންޕާހަންތައް މައްޗަށް ވާގޮތަށް ނުވަތަ ވައިގެ ތެރެއަށް ފޮނުވުމަށް އޭގެ ތެރެއަށް އަޅަނީ ހީލިއަމް ގޭހެވެ.

މޯލްޑިވް ގޭހުން ހީލިއަމް ގޭސް ގަންނަން ލިބެން ހުންނާނެއެވެ. ހިލޭ ވެސް އޭގެ ގޭސްފުޅިއެއް ބޭނުންނަމަ މިއޮތީ އެ ފުރުސަތެވެ. ހަމައެކަނި ހީލިއަމް ގޭސް ސިލިންޑަރެއް ނޫނެވެ. ފަންސާސް ފުއްޕާހަމާއި ރިބަން ރޯލަކާއެކުއެވެ.

ކޮށްލަން ޖެހޭނީ ކުޑަ ކަމެކެވެ.

* ފުރަތަމަ މޯލްޑިވް ގޭހުގެ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވާ “ޝެއާ ކޮމެންޓް އެންޑް ވިން” ޕޯސްޓު ޝެއާ ކޮށްލާށެވެ.

* އެއަށްފަހު މޯލްޑިވް ގޭހުގެ ފޭސްބުކް ޕޭޖަށް ލައިކެއް ކޮށްލާށެވެ.

* ފަސް ރަހުމަތްތެރިން ޓެގް ކޮށްލާށެވެ.

* ފަހު ކަމަކަށް އެ ޕޯސްޓަށް MaldiveGas# ކޮމެންޓް ކޮށްލާށެވެ.

Share this post and win a Helium Gas Cylinderwith 50 balloons & a ribbon roll 🎈 Follow these steps1. Share this…

Posted by Maldive Gas Pvt Ltd on Wednesday, November 6, 2019

ނަމަވެސް މި ހަރަކާތް ނިންމައި ނަސީބުވެރިއަކު ހޮވާނީ އަންނަ މަހުގެ 20 އަށްފަހުއެވެ. އެހެންކަމުން އާ އަހަރުގެ ޕާޓީއަކަށް މިއީ ރަނގަޅު ފުރުސަތެކެވެ.

އޭގެ ކުރިން ޕާޓީއެއް ބާއްވަން ބޭނުންނަމަ ވެސް މިހާރު މޯލްޑިވް ގޭހުން ހީލިއަމް ގޭސް ފުޅި ލިބޭނެއެވެ. އެކި ސައިޒުގެ ޕާޓީތަކަށް ހެޔޮވަރު ހީލިއަމް ގޭސްފުޅި އެ ކުންފުނިން މިހާރު ވަނީ ގެނެސްފައެވެ.

އެގޮތުން 50 ފުއްޕާހަމަށް ވައި ޖަހާލެވޭނެ ހީލިއަމް ޑިސްޕޯސަބަލް ސިލިންޑަރާއި 470 ފުއްޕާހަމަށް ވައި ޖަހާލެވޭނެ ރީފިލް ކޮށްލެވޭ 47 ލީޓަރުގެ ހީލިއަމް ގޭސް ފުޅި މިހާރު މޯލްޑިވް ގޭހުގައި އެބަހުއްޓެވެ.

Leave a Reply

Your email address will not be published.

haftha.mv ©