މުޙައްމަދު އިބްރާހިމް
07 November 2019
މަޤްބޫލު ޙަބަރު

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ އިންތިގާލީ ރައީސަކަށް އެ ހަރަކާތުގެ ބާނީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިންތިހާބު ކޮށްފިއެވެ.

އެމްއާރުއެމް އުފައްދަން މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އިންގިތާލީ ރައީސަކަށް ކުރިމަތިލެއްވީ ވެސް ރައީސް މައުމޫން އެކަންޏެވެ.

އެގޮތުން އެމަނިކުފާނު އިންތިހާބު ކުރަން ފެނޭތޯ ނެގި ވޯޓުގައި، ރައީސް މައުމޫން އިންތިހާބު ކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ އިއްތިފާގުންނެވެ.

އެމްއާރުއެމްގެ އިންތިގާލީ ރައީސަކު އިންތިހާބު ކޮށްފައި މިވަނީ، އެޕާޓީގެ ފުރަތަމަ ކޮންގުރެސް ބޭއްވުމާއި ހަމައަށް އިންތިގާލީ މަރުހަލާގައި ކަންކަން ކުރިއަށް ގެންދިއުމަށެވެ.

މިރޭގެ ޖަލްސާގައި އިންތިގާލީ އެގްޒެކްޓިވް ކޮމެޓީއަށް 20 މެންބަރުންނާއި އިންތިގާލީ ޒުވާނުންގެ ކައުންސިލަށް 15 މެމްބަރުން އަދި އިންތިގާލީ އަންހެނުންގެ ކައުންސިލަށް ވެސް 20 މެންބަރުން އިންތިހާބު ކުރާނެއެވެ.

އެމްއާރުއެމުން ބުނީ، އިންތިގާލީ އެގްޒެކެޓިވް ކޮމިޓީއަށް ހޮވާ 20 މެމްބަރުންގެ ތެރެއިން ދިހަ މެންބަރުންނަކީ އަންހެނުންނަށްވާން ޖެހޭނެ ކަމަށެވެ. އަދި އިންތިގާލީ ޒުވާނުންގެ ކައުންސިލަށް އިންތިހާބުކުރާނީ 30 އަހަރު ނުފުރޭ ޒުވާނުންނެވެ.

އެމްއާރުއެމް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން އަދި ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫނަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©