.
09 November 2019
މަޤްބޫލު ޙަބަރު

ގދ ނަޑެއްލާ ގައި ފެނަކަ ކޯޕަރޭޝަނުން އިމާރާތްކުރާ އާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

ނަޑޭއްލާގެ އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑެވެލީދާއިރާގެ މެންބަރ ހުސައިން ފިރުޝާން އެވެ.

ނަޑެއްލާގައި އިމާރާތްކުރާ އާ އިންޖީނުގޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރ މަހުގެ ހަވަނަ ދުވަހު ޕޯލަން ކޮމްޕެނީ ޕްރައިވެޓްލިމިޓެޑާއެވެ.

ނަޑެއްލާ އިންޖީނުގޭގެ އިމާރާތަކީ ފަސް މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ. މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާރިޗް މަހުގެ 25 ވަނަ ދުވަހުއެވެ.

ފެނަކަ އިން ބުނީ، އެ ކުންފުނިން މިހާރު އިމާރާތްކުރާ އިންޖީނުގެތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި ތެޔޮ ރައްކާކުރާ ސްޓޯރޭޖަކާއި ދުންހުޅިއެއް އިންނާނެ ކަމަށެވެ.

މީގެ އިތުރުން އަލަށް އިމާރާތްކުރާ އިންޖީނުގެތަކުގެ އަޑު މަޑުވެ، ދުންހޮޅިން އަރާ ދުމުން ރައްޔިތުންނަށް ގެއްލުން ނުވާ ވަރަށް މަދުވެގެންދާއިރު، އިންޖީނުގެ ނިމޭއިރު ނެޓްވޯކް އަޕްގުރޭޑް ކުރެވިގެންދާނެ ކަމަށް ވެސް ފެނަކައިން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©