.
09 November 2019
މަޤްބޫލު ޙަބަރު

ރާއްޖޭގައި މިދުވަސްކޮޅު އިންފުލުއެންޒާ އިތުރުވަމުންދާތީ އެކަމަށް ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އިންފްލުއެންޒާގެ ތިން ވައްތަރެއް ވެއެވެ. އެއީ އިންފްލުއެންޒާ އޭ، ބީ އަދި ސީ އެވެ. އިންފްލުއެންޒާ އޭ އަކީ ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް ވައިރަސް އެރުމުން ޖެހޭ ބައްޔެވެ. އަދި އިންފްލުއެންޒާ ބީ އަކީ އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް ވައިރަސް އެރުމުން ޖެހޭ ބައްޔެކެވެ. އެގޮތުން މިއީ މޫސުމީ ގޮތުން ފެތުރޭ ވައިރަހެކެވެ. އަދި މިއީ އެންމެ ނުރައްކާތެރި ވައްތަރެވެ. އިންފްލުއެންޒާ ސީ އަކީ އާދައިގެ ރޯގާއެއް ގޮތަށް ޖެހޭ އަދި މި ބާވަތުގެ އެންމެ ނުރައްކާ ކުޑަ ވައްތަރެވެ.

އިންފުލުއެންޒާއެކޭ އެއްގޮތަށް މިދުވަސްވަރު ރާއްޖޭގައި އަރިދަފުސް ރޯގާ ވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން އެ ބައްޔަށް ރައްކާތެރިވުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.

އިންފުލުއެންޒާ އިތުރުވަމުން އަންނަ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާއިރު އޭގައިވާ ގޮތުން މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ އިންފުލުއެންޒާއަށް ޓެސްޓު ހަދާފަ އެވެ. އަދި ބައެއް މީހުން ޕޮޒިޓިވް ވެފައިވާއިރު މިމަހުގެ ތެރޭގައި ވެސް ގިނަ ބަޔަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

އެހެންވެ އިންފުލުއެންޒާ އިތުރުވަމުން އަންނަކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ އެބަލިން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ޖެހުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©