މުޙައްމަދު އިބްރާހިމް
09 November 2019
މަޤްބޫލު ޙަބަރު

ދުނިޔޭގައި ދިރިއުޅޭއިރު އިންސާނުންގެ ހަޔާތް ބިނާކުރުމުގައި އެންމެ ފުރިހަމަ މިސާލު ލިބެން އޮތީ ކީރިތި ރަސޫލާ ﷺ ގެ ހަޔާތްޕުޅުން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ކީރިތި ރަސޫލާގެ އީދު މީލާދު ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޮނުވައްވާ ކުރެއްވި ޓުވީޓެއްގައެވެ.

“..މި ދުނިޔެވީ ހަޔާތް ބިނާކުރުމުގައިވެސް، އެންމެ ފުރިހަމަ އިރުޝާދާއި މިސާލު ލިބެން އޮތީ ކީރިތި ރަސޫލާ ﷺ ގެ މުޅި ހަޔާތްޕުޅުން،” ތަހުނިޔާގެ ދަންނަވާ ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ކީރިތި ރަސޫލާގެ އީދު މީލާދު ނުވަތަ މިޒަމާނުގެ ބަހުން ނަމަ ބާތުޑޭގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ރަބީއުލް އައްވަލް މަހުގެ 12 ވަނަ ދުވަހުއެވެ.

ނަމަވެސް، އެންމެ ހެޔޮ ތިން ޖީލުގައިވެސް މިދުވަސް ފާހަގަކޮށްފައިނުވާ ކަމާއި މިދުވަހަކީ ކަނޑައެޅިގެން އެނގެން އޮތް ދުވަހެއް ނޫންކަން ގިނަ ދަންނަ ބޭކަލުން ވިިދާޅުވެއެވެ.

Leave a Reply

Your email address will not be published.

  1. އެކަންކުރިން ނޭނގުނީ ދެއްތޯ؟ އެމަތިވެރި ސަހުސިއްޔަތަށް ފުރައްސާރކުރުމުގައި ދުވަސްތައް ވޭތުކުރީ. މީނުންގޮތެއްހޯދަން ޑެނަމަރކްގައިވެސް ދޮންމީހުންނާ ވާހަކަ ދެއްކި. ދޮން މީހުން ކައިރިޔަސް ދެވުނީމާ އެމީހުން ބޭނުންވާގޮތަށް. އަގީދާ ފާސިދުވީމާ ވާނީ ތިޔަހެން. އަވަހަށް ތައުބާވެ ﷲ ގެ މަގަށް ރުޖޫޢުވޭ.

haftha.mv ©