މުޙައްމަދު އިބްރާހިމް
09 November 2019
މަޤްބޫލު ޙަބަރު

ރާއްޖޭގައި އިސްލާމީ ތައުލީމު ފެތުރުމުގެ މޭސްތިރިއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް އިސްލާމީ ޔުނިވާސިޓީގެ ޗައިސް ޗާންސެލަރު ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވެއްޖެއެވެ.

ޑރ. ޒަކަރިއްޔާ މިހެން ވިދާޅުވީ، އިސްލާމީ ޔުނިވާސިޓީން ރޭ ބޭއްވެވި ކީރިތި ޤުރުއާނާބެހޭ މަޙްފިލުގައި ވާހަކަ ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ރައީސް މައުމޫނެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޒަކަރިއްޔާ ވިދާޅުވީ، ރާއްޖޭގައި އިސްލާމީ ތައުލީމު ފެތުރުމުގެ މޭސްތިރި އަކީ ރައީސް މައުމޫން ކަމަށާއި އިސްލާމީ ޔުނިވާސިޓީގެ ބާނީއަކީ ވެސް އެމަނިކުފާނު ކަމަށެވެ.

އެހެން ވިދާޅުވީ، ޑރ. ޒަކަރިއްޔާ ވަނީ އެގޮތުން ރައީސް މައުމޫން ކުރައްވާފައިވާ އަގުހުރި ހިދުމަތްތަކުގެ މައްޗަށް ބައްލަވައި ލައްވައިފައެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވަނީ، ރިތި ރަސޫލާގެ ބަސްފުޅުތަކުން ދަލީލު ދައްކަވަމުން ޤުރުއާން އަޑުހަރުކޮށް ކިޔަވާއިރު ރީތި ރާގަކަށް ކިޔެވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ކީރިތި ޤުރުއާން ކިޔެވުމުގައި އަޑު ގެންގުޅޭނެ ގޮތާއި ޤުރުއާން ކިޔެވުމުގައި ބޭނުން ކުރެވޭ އަޑުގެ މަގާމުތައް އިލްމުވެރިންނާއި ޤާރީން ފާހަގަކުރައްވާފައިވަނީ މިގޮތުގެ މަތިން ކަމަށް ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި އިސްލާމީ ޔުނިވާސިޓީެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިނާއި މިސްރުގެ މަޝްހޫރު ގާރީ ޑރ. އަހުމަދު ނުއައިނައު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ރަސްމިއްޔާތުގައި ގާރީ ޑރ. ނުއައިނައު ވަނީ ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published.

  1. 100 ޕަސެންޓް ތެދުވާހަކައެއް ޑޮކްޓަރ ޒަކަރިއްޔާ އެ ބުނުއްވީ .ރައީސް މައުމޫން އަކީ ރަސްމީގޮތެއްގައި އިސްލާމީ ތައުލީމު ބިންގާ އަޅުއްވާ އެ ތައުލީމް ޔުނިވަރސިޓީ ތައުލީމް އާއި ހަމއަށް ވަށިލް ކުރެއްވި ރާއްޖޭގެ އިސްލާމީ ތައުލީމް ގެ ބައްޕަ ނުވަތަ ބާނީ. މީގެ އިތުރުން އަތޮޅުތަކުގައި ސަރޫކާރު ސްކޯލްތައް ގާއިމުކޮއް އަތޮޅުތަކައް ރަސްމީ ތައުލީމް ފެތުރުމުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ސަރުކާރު 2 އިސްކޯލް ގާއިމު ކޮއް މިއަދު ރާއްޖޭގައިމިވާ ތައުލީމުގެ ވެށި ފުރާފުރިހަމަ ކުރެއްވި ބަލަދުވެރިޔާ.. ދަންނަވަން އޮތީ ރައީސް މައުމޫން މަނިކުފާނައް ސުކުރިއްޔާ އޭ މި ޤައުމައް މަނިކުފާނު ކޮއްދެއްވި ޚިދުމަތައް.

haftha.mv ©