.
10 November 2019
މަޤްބޫލު ޙަބަރު

އިންޑިއާ އިން ހިލޭ އެގީގެ ގޮތުގައިއަންނަ އަހަރު 46.260 މިލިއަން ރުފިޔާ ލިބޭނެ ފިނޭންސްމިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިހާރު މަޖިލީހަށް ފޮނުވާފައިވާ ބަޖެޓާއި ގުޅޭގޮތުން މަޖިލީހުގެ ބަޖެޓްކޮމެޓީގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ އަންނަ އަހަރު ރާއްޖެއަށް އެންމެ ބޮޑު އަދަދަކުން ހިލޭ އެހީ ލިބޭނީ އިންޑިއާ އިން ކަމަށެވެ. އަދި އެކަންވަނީ އަންނައަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައިވެސް ހިމަނާފައެވެ.

2020ވަނައަހަރަށް ލަފާކޮށް ސަރުކަރުން މިހާރު މަޖިލީހަށް ފޮނުވާފައިވާ ބަޖެޓްގައިވާގޮތުން އިންޑިއާ އިން ހިލޭ އެގީގެ ގޮތުގައި 46.260 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި އިންޑިއާ އިން އިންވެސްޓުކޮށްފައިވާ 150 މިލިއަން ރުފިޔާގެ ގަވަމެންޓް ސެކިޔުރިޓީ އަންނަ އަހަރު ހިލޭ އެހީއަށް ބަދަލުކޮށްދޭނެކަމުގެ ޔަގީންކަންވެސް އެ ގައުމުން ދީފައިވާކަމަށް ބަޖެޓްގައިބުނެފައިވެ އެވެ.

މީގެ އިތުރުން ރަހުމަތްތެރި ގައުމުތަކުންދޭ ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 4.68 ބިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް 2020ގެ ބަޖެޓްގައި ވަނީ ލަފާކޮށްފަ އެވެ.

އިންޑިއާ އަށްފަހު ދެން އެންމެ ބޮޑު އަދަދެއްގެ ހިލޭ އެހީ ލިބެނެ ކަމަށް ލަފާކޮށްފައިވަނީ ޖަޕާނުންނެވެ. އެއީ 21.5 މިލިއަން ރުފިޔާ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©