Sat, 6 June, 2020, 3:21 pm
Photo: Addulive
ހަ މީހުން ތިބި ޑިންގީއެއް ބަންޑުން ޖަހާލައި، އެކަކު މަރުވެއްޖެ
10

ކުޑަހުވަދޫ ކަނޑުއޮޅިން ހަ މީހުން ތިބި ޑިންގީއެއް ބަންޑުން ޖަހާލައި، އޭގެން ދަތުރުކުރި އެކަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ، މިއަދު ހަވީރު 4:10 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކުރި އެ ހާދިސާގައި ބަންޑުން ޖަހާލި ލޯންޗުގައި ތިބީ ދެ ދިވެހިންނާއި ސުވިޑަންގެ ހަތަރު ފިރިހެން ފަތުރުވެރިން ކަމަށެވެ.

ނަމަވެސް އޭގެ ތެރެއިން ފަތުރުވެރިއަކު މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ. އަދި ދެން ތިބި ފަސް މީހުންނަށް ވެސް ކުޑަހުވަދޫ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، އެމްއެންޑީއެފްގެ ސެންޓުރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ދިޔައިރު، ބަންޑުން ޖަހާލި ޑިންގީގައި ތިބި މީހުން ރަށު ތެރެއިން ޖެޓްސްކީގައި އައި ބަޔަކު ވަނީ ސަލާމަތް ކޮށްފައެވެ.

ފުލުހުން ބުނީ، އެ ހާދިސާ ޑިންގީ ބަންޑުން ޖަހާލީ މަސް ބާނަން ގޮސް އުޅުމުގެ ތެރޭގައި ފަރަކާއި މާބޮޑަށް ކައިރި ކޮށްލެވުނު ގަޑިއެއްގައި ޖެހި ރާޅެއްގެ ސަބަބުން ކަމަށެވެ.

Leave a comment

Your email address will not be published.