Fri, 5 June, 2020, 12:15 pm
މޯލްޑިވް ގޭހުގެ ޑެލިވަރީ މާދަމާ ބަންދު، ނަމަވެސް ހުސްފުޅި ގެންދިއުމުން ދޫކުރާނެ
4

ޖުމްހޫރީ ދުވަހާ ގުޅިގެން މޯލްޑިވް ގޭހުގެ ޑިސްޓްރިބިއުޝަން ޔުނިޓް ތަކާއި ޕްރޮޑަކްޝަން ޑިޕާޓްމަންޓު ބަންދު ވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މޯލްޑިވް ގޭހުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާދަމާ އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ޔުނިޓް ބަންދު ކުރި ނަމަވެސް ހއެ ކުންފުނީގެ މާލެ، ވިލިމާލެ އަދި ހުޅުމާލެ ޑިސްޓްރިބިއުޝަން ޔުނިޓަށް ހުސްފުޅި ގެންދިއުމުން ގޭސްފުޅި ދޫކުރާނެ ކަމަށެވެ.

ހުސްފުޅި ގެންދިއުމުން ގޭސްފުޅި ދޫކުރާނީ މާދަމާ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށެވެ.

މޯލްޑިވް ގޭހުން ބުނީ، އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންނަމަ އެ ކުންފުނީގެ ހޮޓްލައިން 1616 އަސް ގުޅުމަށް އެދޭ ކަމަށެވެ.

Leave a comment

Your email address will not be published.