މުޙައްމަދު އިބްރާހިމް
10 November 2019
މަޤްބޫލު ޙަބަރު

ކީރިތި ޤުރުއާން ހިތުދަސްކުރައްވައިގެން ހާޒިރުކަމުގެ ސަނަދު 16 ފަރާތަކަށް ދީފިއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި އެ ފަރާތްތަކަށް ކީރިތި ޤުރުއާން ހިތުދަސްކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ހާސިލް އެ ފަރާތްތަކަށް މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ހާފިޒުކަމުގެ ސަނަދު ލިބުނު ފަރާތްތައް:

1. އާސިޔަތު އާދަމް، ފެހިގެ/ ގއ. މާމެންދޫ

2. ހަސަން އާހިލް، އިރުދޭމާގެ/ ތ. ގުރައިދޫ

3. ޒޫނާ އިސްމައިލް، ގަސްކަރަ/ ކ. ގުޅި

4. އަބްދުﷲ އަލްޔަސައަ ބިން ޒަމްޒަމް، މއ. ރިހިރާޅު

5. ސިބްއަތުﷲ އަހުމަދު، ރަޝީދާ މަންޒިލް/ ފ. ނިލަންދޫ

6. މުހައްމަދު ރަފާހު އަހުމަދު، މ. ބަބުކެޔޮގަސްދޮށުގެ

7. މާޒިނާ އަބްދުއްރަހީމް، ކިނާރާ/ ނ. ލަންދޫ

8. މަރިޔަމް މިކްޔާސް ސަލްމާން، އަޅިފަށުވިގެ/ ގއ. ގެމަނަފުށި

9. އަހުމަދު ނާޒިލް މުހައްމަދު، ހުވަނދުމާގެ/ ޅ. ނައިފަރު

10. އުރްޖުވާން މުހައްމަދު، މ. މެޑެލްމާގެ

11. މުހައްމަދު ޒާއިން އަޝްރަފު، އާބަހާރުގެ/ ކ. ކާށިދޫ

12. މާއިޝާ އަބްދުއްރަހީމް، ކިނާރާ/ ނ. ލަންދޫ

13. ފާތިމަތު ޝާޔާ ޒާހިރު، މއ. އަސާސް

14. ފާތިމަތު ޝުއާއު ޝާހު، ދަފްތަރު ނަންބަރު 1519

15. މަރިޔަމް ހުސެއިން، ޝެމްރޮކް/ ސ. ހިތަދޫ

16. މޫސާ މާއިޝް މާޖިދު، މ. ޝޭޑީރެސްޓް ދެކުނުބައި

މި ފަރާތްތަކުގެ ތެރެއިން އެންމެ ހަގު އުމުރުގައި ޤުރުއާން ހިތުދަސް ކުރައްވައި ނިންމެވީ ފާތިމަތު ޝާޔާ ޒާހިރެވެ. އޭނާ ޤުރުއާން ހިތުދަސް ކުރެއްވީ އުމުރުން އެންމެ ނުވަ އަހަރުގައެވެ.

އޭގެ އިތުރުން އަބްދުﷲ އަލްޔަސައަ ބިން ޒަމްޒަމް އުމުރުން އެންމެ 10 އަހަރުގައި ޤުރުއާން ހިތުދަސް ކުރެއްވިއިރު، އުރްޖުވާން މުހައްމަދު ޤުރުއާން ހިތުދަސް ކުރައްވައި ނިންމަވާލެއްވީ އުމުރުން 11 އަހަރުގައެވެ.

މޫސާ މާއިޝް މާޖިދު އުމުރުން 12 އަހަރުގައި ޤުރުއާން ހިތުދަސް ކުރެއްވިއިރު، މުހައްމަދު ރަފާހު އަހުމަދު ޤުރުއާން ހިތުދަސް ކުރައްވާ ނިންމެވީ 13 އަހަރުގައެވެ. ފާތިމަތު ޝުއާރު ޝާހު ޤުރުއާން ހިތުދަސްކުރައްވައި ނިމުނީ 2013 ވަނަ އަހަރުގައެވެ. އޭރު އޭނާގެ އުމުރަކީ އުމުރުން 14 އަހަރެވެ.

Leave a Reply

Your email address will not be published.

haftha.mv ©