• Fri, 10 July, 2020, 1:47 am

    ކޮމިޝަނަށް ނާޒިމް ބަޔާން ދެއްވީ ބަދަލު ހިފުމުގެ ރޫހުގައި: އަދީބުގެ އާއިލާ

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    އަނިޔާވެރި ގޮތަކަށް ގަތުލުކޮށްލި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމު އަލީގެ މަރުގެ ތަހުގީގަށް ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ދެއްވި ބަޔާނުގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާ ގުޅިގެން ދައްކާފައިވާ ވާހަކަތަކަކީ ބަދަލުގެ ހިފުމުގެ ރޫހުގައި ދެއްވާފައިވާ ބަޔާނެއް ކަމަށް އަދީބުގެ އާއިލާއިން ބުނެފިއެވެ.

    މަރުތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން އަފްރާޝީމުގެ މަރުގެ ތަހުގީގު ރިޕޯޓު ސަރުކާރުން މިހާރު އާންމުކޮށްފައިވާއިރު އެ ތަހުގީގަށް ދިން ބަޔާނެއްގައި ނާޒިމު ވިދާޅުވެފައިވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ވާދަ ނުކުރެވޭގޮތް ހެދުމަށް، އެމަނިކުފާނު އިންނަވާ އުޅަނދެއްގައި ބޮން ހަރުކޮށްގެން ގޮއްވާލެއްވުމަށް އަދީބު އުޅުއްވި ކަމަށެވެ.

    އޭގެ އިތުރުން ރާއްޖެޓީވީ ރޯކޮށްލި ދުވަހު، އަދީބު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މިޝަން ކާމިޔާބު ވެއްޖެކަމަށް ވިދާޅުވެ މެސެޖެއް ކުރެއްވި ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

    ނާޒިމްއެ ވާހަކަތަކާ ގުޅިގެން އަދީބުގެ އާއިލާގެ ފަރާތުން އޭނާގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ނާޒިމު ދެއްވާފައިވާ ބަޔާނަކީ ސިޔާސީ މަންފާއެއް ހޯދުމަށާއި އަދި ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހުގައި ދެއްވާފައިވާ ޒިންމާދާރުކަން ކުޑަ ޒާީ ތައައްސަބުން ފުރިގެންވާ ބަޔާނެއް ކަމަށެވެ. އަދި އެބަޔާންތަކުގައި އަދީބުގެ ނަން ބޭނުން ކޮށްގެން ދައްކާފައިވަނީ ސާބިތު ނުހިފޭ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ވެސް ބުނެފައިވެއެވެ.

    “އަހުމަދު އަދީބަކީ ނަޝީދަށް އެއްވެސް އިރެއްގައި ގެއްލުމެއް ދޭން އުޅުނު ފަރާތެއް ނޫނެވެ. އަދި ރާއްޖެ ޓީވީ އާއި ބެހޭ ގޮތުން އެސްއެމްއެސްއެއް ފޮނުވި ވާހަކައަކީ ވެސް ދޮގު ވާހަކައެކެވެ. އަހުމަދު ނާޒިމުގެ މިބަޔާނަކީ އަހުމަދު އަދީބާއިމެދު ނަފްރަތު އުފައްދަން ކޮށްފައިވާ ކަމެއް ކަމުގައި އާއިލާއިން ދެކެމެވެ،” އާއިލާގެ ބަޔާނުގައިވެއެވެ.

    އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އަފްރާޝީމު މަރުގެ ތަހުގީގު ރިޕޯޓުން ސާފުވި އެއް ކަމަކީ ނާޒިމާއި ސިޔާސީ އެހެން ފަރާތްތަކުން މީގެ ކުރިން އަދީބުގެ ބޮލުގައި ޑރ. އަފްރާޝީމުގެ މަރާއި ގުޅޭގޮތުން އަޅުވަމުންދިޔަ ސިޔާސީ ދޮގު ތުހުމަތުތަކަކީ ސާބިތު ނުހިފޭ ތުހުމަތުތަކެއް ކަމަށެވެ.

    “ކުރިއަށް އޮތްތަނުގައި ސިިޔާސީ މަންފާ ހޯދުމަށް އަހުމަދު އަދީބުގެ ނަން ބޭނުން ނުކުރުމަށާއި އަދި ހުރިހާ މައްސަލަތަކެއްގައި ހުރިހާ ފަރާތްތަކަކުން ސިޔާސީ ގޮތުން ގުރުބާން ކުރެވޭ ކަންބަޅިއަކަށް އަހުމަދު އަދީބު ނުހެދުމަށް އާއިލާގެ ފަރާތުން އިލްތިމާސް ކުރަމެވެ،” އާއިލާގެ ބަޔާނުގައި ބުނެފައިވެއެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.