Wed, 22 January, 2020, 3:49 am
ރައީސްގެ ހުރިހާ ޝުކުރެއް އޮފީހުގެ މުވައްޒަފުންނަށް

މި ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމުގައި ފާއިތުވި އެއްއަހަރުދުވަހު ރައީސް އޮފީހުގެ މުވައްޒަފުންގެ ފަރާތުން ލިބިވަޑައިގެންނެވި އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ޝުކުރު އަދާކުރައްވާފައެވެ.

ސަރުކާރަށް 1 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނާ މިއަދު ހެނދުނު ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ފާއިތުވީ އެއް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމުގައި އޮފީހުގެ މުވައްޒަފުންގެ ފަރާތުން ލިބިވަޑައިގެންނެވި އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކުރިޔަށް އޮތް އަހަރުތަކުގައިވެސް ސަރުކާރުގެ މުހިންމު އަމާޒުތަކަށް ވާޞިލްވުމުގައި މުވައްޒަފުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަކިން ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގިނަ ދުވަސްވީ މުވައްޒަފުންގެ ފަރާތުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެހީތެރިކަމާއި އެއްބާރު ލެއްވުން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

Leave a comment

Your email address will not be published.