Tue, 21 January, 2020, 7:57 am
ބޮޑެތި އިނާމްތަކާއި އެކު އެސްޓީއޯ ގެ އިޔަރ އިންޑް ސޭލް ފަށައިފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އިޔަރ އިންޑް ސޭލް ފަށައިފިއެވެ.

އެސްޓީއޯގެ ހުރިހާ ފިހާރަތަކެއް ހިމެނޭގޮތަށް މިދިޔަ އާދީއްތަ ދުވަހު ފެށި މި ސޭލް ކުރިޔަށްގެންދާ މި ސޭލް ފައްޓަވައިދެއްވީ އެސްޓީއޯގެ ރިސްކް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ މުޙައްމަދު މުރާދުއެވެ.

ނޮވެމްބަރު މަހުގެ 17 ން ޑިސެމްބަރުމަހުގެ 31 ގެ ނިޔަލަށް ކުރިޔަށްގެންދާ މި ސޭލްގައި %50 ހަމައަށް ޑިސްކައުންޓް ލިބުމުގެ އިތުރުން ބޮޑެތި އިނާމުތަކެއް ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ކުރިޔަށްގެންދާ މި ސޭލްގައި އެއްވަނަ އިނާމަކަށް މި އަހަރު ހުށަހަޅާފައިވަނީ ދެ މީހަކަށް ހުރުމާއިއެކު ޗެއްނާއީ ދެކޮޅު ޓިކެޓެވެ. ދެވަނަ އިނާމަކަށް ދެ މީހަކަށް ހުރުމާއެކު ފުވައްމުލަކު ދެކޮޅު ޓިކެޓް ލިބޭއިރު ތިންވަނަ އިނާމަކީ އައިފޯން 11 އެވެ. މި އަހަރުގެ އިޔަރ އެންޑް ސޭލްގެ ޕާޓްނަރަކީ މޯލްޑީވިއަންއެވެ.

Leave a comment

Your email address will not be published.