Fri, 29 May, 2020, 7:28 pm
ޑރ. އަފްރާޝީމް މަރާލި މައްސަލައިގެ ރިޕޯޓް ދިރާސާ ކުރަން 241 ކޮމިޓީން ފަށައިފި
2

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލައިގެ ރިޕޯޓް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ފަށައިފިއެވެ.

ޑރ އަފްރާޝިމް ރަހުމު ކުޑަ ގޮތަކަށް މަރާލި މައްސަލާގައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ މައްޗަށް އެކުލަވާލި ރިޕޯޓް ވަނީ ރަައީސް އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް އާންމުކޮށްފަ އެވެ. އެ ރިޕޯޓްގެ ހުލާސާއެއް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވެސް އާންމުކޮށްފައިވެ އެވެ.

ރިޕޯޓް ދިރާސާ ކުރުމުގެ ގޮތުން ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީއާޒިމް ވަނީ އަފްރާޝީމްގެ މަރާ ގުޅުން ހުރި ހަތް މައްސަލައެއް ބެލުމަށް ކޮމިޓީއަށް ހުށަހަޅައިފަ އެވެ. އެ ކަންކަން ބެލުމަށް ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ނިންމި އެވެ.

އަފްރާޝީމްގެ މަރުގެ ރިޕޯޓު މަރު ކޮމިޝަނުން ރައީސް އޮފީހަށް ފޮނުވުމުން މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުން ވަނީ ކަމާބެހޭ މުއައްސަސާތަކަށް މި ރިޕޯޓުގެ ކޮޕީއެއް ފޮނުވާފައެވެ.

އެއާއެކު މި ރިޕޯޓުގެ ބައިތަކެއް ބުރާސްފަތި ދުވަހުގެރޭ ސޯޝަލް މީޑިޔާގައި އާންމުވިއިރު، އެ މައްސަލަ މަރު ކޮމިޝަނުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ އަފްރާޝީމް އަވަހާރަކޮށްލީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ 1:30 ހާއިރު އޭނާ ދިރިއުޅުއްވި ގޭ، ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ.

Leave a comment

Your email address will not be published.