Wed, 22 January, 2020, 4:27 am
ޕީޖީ ބިޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށައިފި

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ފޮނަދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު މޫސާ ސިރާޖު ހުށަހަޅުއްވައި ޖުޑީޝަރީ ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްކޮށް، ޕީޖީ ބިޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް މިދިޔަ މަހު މަހު ފެށިއެވެ. ނަމަވެސް އުސޫލީ މައްސަލަތަކެއް ހުރުމުން އެ މަސައްކަތް ފަށަން ފަސްކުރަން ނިންމިއެވެ.

ކުރިން އެ މައްސަލަ ހުށަހެޅުއްވި ފޮނަދޫ ދާއިރާ މެމްބަރު އަދި ޖުޑީޝަރީ ކޮމިޓީގެ ނައިބު މުގައްރިރު މޫސާ ސިރާޖު މުގައްރިރުކަން ކުރެއްވި މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ޕީޖީ ބިޝާމް މަގާމުން ވަކިރުމަށް ހުށަހެޅީ މަތިވެރި ދާއިރާ މެމްބަރު ހުސައިން ޒަރީރެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީގެ އަގުލަބިއްޔަތުންނެވެ.

ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދެ ފަހަރެއްގެ މަތިން ހުށަހެޅިއެވެ. ނަމަވެސް ޕީޖީގެ އިތުބާރު ނެތްކަމަށް ވޯޓަށް އެހުމުގެ ކުރިން އެ ދެ ފަހަރުވެސް ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.

Leave a comment

Your email address will not be published.