މުޙައްމަދު އިބްރާހިމް
19 November 2019
މަޤްބޫލު ޙަބަރު

އަނިޔާވެރިކަމާއި ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ދިވެހިރާއްޖެއިން ޢަމަލުކުރަމުންދާ ސިޔާސަތުތަކާ ގުޅޭގޮތުން އދ. ގެ ސްޕެޝަލް ރެޕަޓުއާ އޮން ޓޯޗާ އެންޑް އަދާ ކުުއަލް އިންހިއުމަން އޯ ޑީްރޭޑިން ޓްރީޓްމަންޓް އޯ ޕަނިޝްމަންޓް ޕްރޮފެސަރު ނިލްސް މެލްޒާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއެކު މަޝްވަރާ ކުރައްވައިފިއެވެ.

ދިވެހި ސަރުކާރުގެ ދައުވަތަކަށް ސްޕެޝަލް ރެޕަޓުއާ ރާއްޖެ ވަޑައިގެންނެވީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު ވަނީ ލާއިންސާނީ އަމަލުތަކާއި އަނިޔާވެރިކަން ހުއްޓުވުމަކީ ިރާއްޖެއިން ބޮޑު އަހުމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އދ. ގެ އެކިއެކި ގުނަވަންތަކުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރުއަދާކުރެއްވިއެވެ.

ބައްދަލުވުމުގައި، އދ. ގެ ސްޕެޝަލް ރެޕަޓުއާ އޮން ޓޯޗާ ޕްރޮފެސަރު ނިލްސް މެލްޒާ އޭނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތަފުސީލު ރައީސް ނަޝީދާ ހިއްސާކުރެއްވިއެވެ. އަދި، ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށްޓަކައި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި އެކަމުގައި ދިމާވާ ގޮންޖެހުންތަކާމެދު ވެސް މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރައްވަމުންދާ މަސައްކަތުގެ ދަށުން، އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ބައިނަލްއަގުުވާމީ އުސޫލުތައް ތަންފީޒުކުރުމާއި ގުޅޭގޮތުން ހިިޔާލު ބަދަލުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ އާއި އަމީން އާއްމު ފާތިިމަތު ނިޔުޝާއާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަންނަ ހަފްތާގެ އާދީއްތަ ދުވަހުގެ ނިޔަލަށް ޕްރޮފެސަރު މެލްޒާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި  ރާއްޖޭގައި މީގެ ކުރިން ހިނގާފައިވާ ރަހުމުކުޑަ، ލާއިންސަނީ އަދި ދަށުދަރަޖައިގެ އަދަބުތަކާއި އަމަލުތައް ހުއްޓުވުމަށާއި އެފަދަ އަމަލުތައް ކުރިއަށް އޮތްތަނުގައި ނުހިނގާނެކަން ޔަގީންކުރުމަށް އެޅިފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ އާއި ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރަންވީ ކަންތައްތަކަކީ ކޮބައިކަން ބަލާނެއެވެ.

އެގޮތުން ދަތުރުފުޅުގައި ސަރުކާރުގެ އިސް ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ޖުޑީޝަރީގެ އެކިއެކި ފަރާތްތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކައި ނޭޝަނަލް ހިއުމަން ރައިޓްސް މެކޭނިޒަމްގެ އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ގާނޫނީ ވަކީލުންނާއި އިލްމުވެރިންނާއި އެކްޓިވިސްޓުންގެ އިތުރުން އަނިޔާ ލިބިފައިވާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކާ ވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައާއި އިމިގްރޭޝަނާއި ސިއްހީ ދާއިރާގެ އިތުރުން އިޖުތިމާއީ ހާއްސަ އެހީ ބޭނުންވާ ފަރާތްތައްފަދަ މިނިވަންކަމުން މަހުރޫމުވެފައިވާ މީހުން ބޭތިއްބުމަށް ހާއްސަ ތަންތަނަށް ވެސް ދަތުރުފުޅުގެ ތެރެއިން ޒިޔާރަތް ކުރަން ހަމަޖެހިފައިވެއެވެ.

އދ. އިން ކުރިން ބުނެފައިވާ ގޮތުން، ދަތުރުން ފާހަގަކުރެވޭ ކަންތައްތައް ހިއްސާ ކުރުމަށް ނޫސްވެރިންނަށް އެކަނި ބައިވެރިވެވޭ ގޮތަށް ޕުރެސް ކޮންފަރެންސެއް ވެސް ބާއްވާނެއެވެ. އަދި ރާއްޖެއަށްކުރާ ދަތުރުން ފާހަގަކުރެވޭ ކަންކަމުގެ ފުރިހަމަ ރިޕޯޓް އަންނަ އަހަރުގެ މާޗް މަހު އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާނެ ކަމަށް ވެސް އދ. އިން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©