މުޙައްމަދު އިބްރާހިމް
19 November 2019
މަޤްބޫލު ޙަބަރު

ހުޅުމާލެ ގެސްޓް ހައުސްއެއްގައި ބަނގުރާ ބޭނުންކޮށް ޕާޓީ ކުރަމުންދިޔަ 12 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެމީހުން ހައްޔަރުކުރީ ހުޅުމާލެ ގެސްޓް ހައުސް އެއްގައި ބަނގުރާ ބޭނުންކޮށް ޕާޓީކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިރޭ 8:04 އެހާކަންހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ހުޅުމާލެ ފުލުހުން ފުލުހުންނާއި އެސްއޯ ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 11 ފިރިހެނުންނާއި އަންހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާތީ، ހައްޔަރުކުރި މީހުންގެ އުމުރެއް އަދި އެމީހުން ޕާޓީ ކުރަމުންދިޔައީ ކޮން ނަމެއް ކިޔާ ގެސްޓް ހައުސްއެއްގައި ކަމެއް ފުލުހުން ނުބުނެއެވެ. އަދި އެމީހުންގެ އަތުން ބަނގުރަލާއި މަސްތުވާތަކެތި ފެނުނު ކަމެއް ވެސް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©