Sun, 26 January, 2020, 10:38 am
ޔޫއޭއީގެ ރައީސްގެ ކޮއްކޯފުޅު އަވަހާރަވުމުން ރައީސް ތައުޒިޔާ ފޮނުއްވައިފި

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ރައީސް ޝައިހް ހަލީފާ ބިން ޒާޔިދު އަލް ނަހްޔާންގެ ކޮއްކޯފުޅު، ޝައިހް ސުލްތާން ބިން ޒާޔިދު އަލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން ޔޫއޭއީގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފިއެވެ.

ޔޫއޭއީގެ ރައީސް ޝައިހް ހަލީފާގެ ކޮއްކޯފުޅު ޝައިހް ސުލްތާން އަވަހާރަވީ އިއްޔެގެ ވަގުތެއްގައެވެ.

ޔޫއޭއީގެ ރައީސަށް ރައީސް ސޯލިހު ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ޝައިހް ސުލްތާން އަވަހާރަވުމާއި ގުޅިގެން ޝާހީ އާއިލާއަށް ކުރިމަތިވި ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އަބޫދާބީގެ ޝާހީ އާއިލާއަށާއި އެގައުމުގެ ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

ޔޫއޭއީގެ ރައީސްގެ މަންދޫބެއްގެ ގޮތުގައި ހުންނެވި ޝައިހް ސުލްތާންގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަބޫ ދާބީގެ އަލް ބަތީންގައި ހުޅުވި ފުރަތަމަ މިސްކިތް، ޝައިހް ސުލްތާން ބިން ޒާޔިދުގައި މާދަމާގެ މެންދުރު ނަމާދަށްފަހުގައެވެ.

Leave a comment

Your email address will not be published.