Sun, 7 June, 2020, 1:59 pm
ގެއެއްގެ ހަތަރު ވަނަ ބުރިން ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ވެއްޓިގެން، ފަރުވާ ދެނީ
2

ހެންވޭރު ގެއެއްގެ ހަތަރު ބުރިން ހާއްސަ އެހީއަށް ބޭނުންވާ ކުޑަ ކުއްޖަކު މަގު މައްޗަށް ވެއްޓިގެން، އެ ކުއްޖާއަށް ފަރުވާ ދެމުން އެބަދެއެވެ.

ފުލުހުން ބުނީ، ހެންވޭރު ވައިޖެހޭމަގުގައި ހުރި ގެއެއްގެ ހަތަރު ވަނަ ބުރިން މަގު މައްޗަށް ވެއްޓިފައިވަނީ އުމުރުން ފަސް އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމަށެވެ.

އެ ކުއްޖާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ކުއްޖާ ވެއްޓިފައިވަނީ ހ. ހިކޯސްޓް ނަމަކަށް ކިޔާ ގެއެއްގެ ހަތަރު ވަނަ ބުރިންނެވެ.

ނަމަވެސް އެކުއްޖާއަކީ ކޮން ކަހަލަ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމެއް އަދި ލިބިފައިވަނީ ކިހާ ވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ނުބުނެއެވެ.

ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންތައް ބަލަމުން އަންނަ ކަމަށެވެ.

Leave a comment

Your email address will not be published.