މުޙައްމަދު އިބްރާހިމް
20 November 2019
މަޤްބޫލު ޙަބަރު

އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުންދާ ސުކޫލްތަކަށް މެދުނުކެނޑި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފެނަކަ އިން ބުނީ، މިއަދު ސޮއިކުރި އެއްބަސްވުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ސުކޫލްތަކަށް ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް މިނިސްޓްރީން ކަނޑައަޅާ ތަންތަނަށް ކަރަންޓު ލިބޭނެ އިންތިޒާމު ގާއިމްކުރުމާ ގުޅޭގޮތުން ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ.

މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި މިނިސްޓްރީ އިން ކަނޑައަޅާ ތަންތަނަށް ފެނަކައިން ކަރަންޓު ލިބޭނެ ގޮތަކަށް އިންތިޒާމް ހަމަޖައްސައިދޭނެއެވެ.

އޭގެ އިތުރުން ކަރަންޓް ވިއުގާ ގާއިމުކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ސުކޫލްތަކުގެ ކަރަންޓުގެ ހާލަތު ބަލައި އެސެސްމަންޓް ރިޕޯޓް މިނިސްޓްރީއަށް ހުށަހެޅުމުގެ އިތުރުން ސުކޫލްތަކުގައި މިނިސްޓްރީން ކަނޑައަޅާ މުވައްޒަފުންނަށް، ކަރަންޓް ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ޓެކްނިކަލް އަދި ފަންނީ ތަމްރީނުތައް ދިނުން އަދި ސުކޫލްތަކުގެ ކަރަންޓުގެ ވިއުގައާއި ކަރަންޓާއި ގުޅުންހުރި ހިދުމަތް ފޯރުކޮށްދިނުމަށް އެއްބަސްވެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©