

ސްކޫލްތަކުގެ ބޮޑު ޗުއްޓީއާއި ދިމާކޮށް މޯލްޑިވިއަންއިން މިހާރު ދަތުރުކުރާ ބައެއް މަންޒިލްތަކަށް ފްލައިޓްތައް އިތުރުކޮށް އަގުހެޔޮ ފެއާރ ތައާރަފްކޮށްފިއެވެ.
މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ ސްކޫލްތަކުގެ ބޮޑު ޗުއްޓީއާއެކު މޯލްޑިވިއަންއިން މިހާރު ދަތުރުކުރާ މަންޒިލްތަކަށް ފްލައިޓްތައް އިތުރުކޮށް ބައެއް ފްލައިޓްތަކަށް އަގު ހެޔޮ ފެއަރ ތަޢާރަފްކޮށްފައިވާކަމަށެވެ.
މޯލްޑިވިއަންއިން ދަތުރުތައް އިތުރުކުރި މަންޒިލްތަކަކީ މާލެއިން ދަރަވަންދޫ، މާލެއިން ކާނޑެއްދޫ، މާލެއިން އިފުރު، މާލެއިން ހަނިމާދޫ، މާލެއިން ކައްދޫ، މާލެއިން ކޫއްޑޫ އަދި މާލެއިން ގަމަށެވެ.
ސްކޫލަތަކުގެ ބޮޑު ޗުއްޓީއަކީ މާލެއިން ގިނަ ޢަދަދެއްގެ މީހުން ރަށްރަށަށް ދަތުރު ކުރާ ދުވަސްކޮޅަކަށް ވުމާއެކު މޯލްޑިވިއަންއިން އަބަދުވެސް ސްކޫލްބަންދާއި ދިމާކޮށް ފްލައިޓްތައް އިތުރުކޮށް އަގުހެޔޮ ފެއަރތައް މީގެކުރިންވެސް ވަނީ ތަޢާރަފް ކޮށްފައެވެ.

އަބަދުވެސް އަގުހެއު ފެއާރތައް ހުރޭ އެކަމަކު ދުވަހަކުވެސް އެ ޓިކެޓް ގައްނާކަށްނުލިބޭ!